އިންޖީނު ހުއްޓުނު ދޯނި - ފޮޓޯ: އެމްއެންޑީއެފް

11 މީހުންނާއެކު ދަތުރުކުރި ދޯންޏެއް އިންޖީނު ހުއްޓިއްޖެ

ކ.އަކިރިފުށީގެ ހުޅަނގުން ދެ ނޯޓިކަލް މޭލު ބޭރުން ދޯންޏެއް އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިވުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އިންޖީނު ހުއްޓިފައިވަނީ "އަމާޒު-2" ނަމަކަށް ކިޔާ 80 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.

"11 މީހުންނާއެކު ދަތުރުކުރި މި ދޯނި އިންޖީނު ހުއްޓިފައިވަނީ މާލެއިން ފުރައިގެން ރ.މާމުނަގައު ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށް، ކ.އަކިރިފުށީގެ ހުޅަނގުން ދެ ނޯޓިކަލް މޭލު ބޭރުން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އިންޖީނު ހުއްޓުނު ދޯނި - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް އެ ސަރވިސް އަށް ލިބިފައިވަނީ މިއަދު ހެނދުނު 08:43 ގައި ކަމަށާއި، އެ ދޯންޏަށް އެހީތެރިވުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ކުރަމުންދާ ކަމަށެވެ.

11 މީހުންނާއެކު ދަތުރުކުރި މި ދޯނީގައި އެވަގުތު ތިބީ 10 ބިދޭސީންނާއި ދިވެއްސެކެވެ. ދޯނީގެ ވެރިފަރާތުން މި ދޯނި ކަފުޖެހުމަށް އެހެން ދޯންޏެއްގެ އެހީތެރިކަން ހޯދަމުން އަންނަކަމަށްވެސް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވިއެވެ.

ކަނޑުމަތީގެ ހާދިސާއެއް ހިނގިއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް