އެމްއޭސީއެލްގެ ބަހަކާއި ބައިސްކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 09:07 ހާއިރު ގްރޭޓާ މާލެ ބަސް ޓާމިނަލް އިން ނިކުމެގެންދިޔަ އެމްއޭސީއެލްގެ ބަހަކާއި ބޮޑުތަކުރުފާނު މަގުގެ އިރުން ހުޅަނގަށް ދުއްވާފައިދިޔަ ބައިސްކަލެއް ޖެހިގެންނެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގި ވަގުތު ބަސް ދުއްވަންއިން ޑްރައިވަރަކީ ލައިސެންސް އޮންނަ ފަރާތެއްކަމަށާއި، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ހިޔާލު
ކޮން އިރަކު އެމްޓީސީސީ ބަސް ތައް މާލެ އަރަން ފެށީ ފެޟުން ވާނުވާ ގަ ދޯ
އެމްޓީސީސީ ބަސް އެއް ނުދާނެ މާލެ އެއް
ކޮމެންޓް ކުރުން ބަންދު