މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

މުސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ މިއަދު މެންދުރުފަހު 3:00 އާއި ރޭގަނޑު 8:00 އާއި ދެމެދު، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރު މިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން މެޓް އޮފީހުން އަންނަނީ ރާއްޖެގެ އެކި ސަރަހައްދުތަކަށް މޫސުމާބެހޭ އެލާޓްތައް ނެރެމުންނެވެ. އެގޮތުން އިއްޔެވެސް ވަނީ މޫސުން ގޯސްވެ 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޯށް މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައި ވަނީ ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެކަމަށެވެ. އަދި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާއި ދެމެދު ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމުގައިވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ