ގޮފިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

މިހާރު މުޅި ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި މިއަދުވަނީ އެކިރައްރަށަށް އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މިގޮތުން މިއަދު މާލެއަށް ކުރި ވިއްސާރަޔާއި ޖުހުނު ގަދަ ވައިގައި މިވަނީ ފަރީދީ މަގުގައި ހުރު ގަހަކުން އޮފިގަނޑެއް ވެއްޓި ބިދޭސީ އަކަށް ގެއްލުން ލިބިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާދިސާގައި ގެއްލުން ލިބިފައިވަނީ ބަންގުލަދޭޝް މީހަކަށެވެ. މިމީހާއަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ. މިމީހާއަށް މިހާރުދަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުންނެވެ.

ފުލުހުން ވިދާޅުވީ، ފަރީދީ މަގުގައި ހުރި ގަހަކުން ބޮޑު ގޮފިގަނޑެއް ނޮވެލްޓީ ފިހާރަ ކުރިމައްޗަށް ވެއްޓި މީހަކަށް އަނިޔާވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މިހާދިސާގައި އެސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަށްވެސް ގެއްލުން ލިބިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް