މިލްނާގެ ލޮލުގެ ފެނުން ސަލާމަތް ކުރުމަށް އެހީތެރިވެ ދެއްވާ


އެއްމާބަނޑު ދެކުދިން ވިހެއުމުގެ ތެރޭގައި ލިބުނު ގެއްލުމުގައި ލޮލުގެ ފެނުން ގެއްލި އަންހެނަކު ހާލު ސީރިއަސް ވެއްޖެ އެވެ.

ތިނަދޫއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މިލްނާ މުހައްމަދުގެ ހާލު ސީރިއަސްވެ، މިހާރު އޮތީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ. 

މިލްނާގެ ފިރިމީހާ މުހައްމަދު އަތީފް އާއި ހަވާލާދީ ސީއެންއެމްގައި ބުނެފައިވަނީ، އެމީހން ދިރިއުޅެނީ އޭނާގެ އުފަން ރަށް ގދ. ގައްދޫގައި ކަމަށާއި، ވިހެއުމަށް ތިނަދޫ އަށް ދިޔައީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ. 

މިލްނާއަށް މިހާރު އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުން އަންނައިރު އަތީފް ބުނީ، އޭނާގެ އަންހެނުންގެ އެއް ލޮލަށް މިހާރު ނުފެންނަ ކަމަށާއި އަނެއް ލޯ ވެސް ފުސްވެފައިވާ ކަމަށެވެ. ބޭރުން ލޮލުގެ ފެނުން ރަނގަޅު ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައި ވާކަމަށެވެ.

އަތީފް ބުނީ، އަންހެނުން ބޭރަށް ގެންދިއުމަށް އާސަންދަ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެކަމަކު އާސަންދަ ހޯދެން އޮތީ އައިކެއާ ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ދައްކައިގެން ކަމަށެވެ. 

އެކަމަކު އަންހެނުންގެ ހާލު ސީރިއަސްކަމުން އެކަން ކުރެވެން ނެތްކަން ފާހަގަކޮށް އަތީފް ބުނީ، އާސަންދަ ހޯދުމަށް އިތުރު ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

މިހާރު ހާލު ސީރިއަސްވެފައިވާ މިލްނާ ވީއެންމެ އަވަހަކަށް ބޭރަށް ގެންދިއުމަށް އާއިލާއިން ވަނީ އާއްމުންގެ މާލީ އެހީތެރިކަމަށް ބޭނުންވެފައެވެ. 

އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް: 

ޑޮލަރު އެކައުންޓް ނަމްބަރު: 7710518395101 - މުހައްމަދު އަތީފް 
ރުފިޔާ އެކައުންޓް ނަމްބަރު: 7730000210011 - މުހައްމަދު އަތީފް
ފޯނު ނަމްބަރު: 7885577 - މުހައްމަދު އަތީފް (ފިރިމީހާ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ???

    Avas shifa eh minvaru kurahvaashi

    • އިދު މުބާރަކް

      އޯކޭ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ