މާލޭގެ މަގުމަތިން ދިޔަ ކުޑަ ކުއްޖެއް ކައިރިން ނައްޓާލި ސައިކަލެއް، ފިހާރައެއްގެ ތެރެއަށް ވަދެ އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މިރޭ 20:35 ހާއިރު، ބޮޑުރަސްގެފާނު މަގުން އިރުން ހުޅަނގަށް އަންހެނަކު ކުޑަ ކުއްޖެއް ގޮވައިގެން ސައިކަލް ދުއްވާފައި ދަނިކޮށް މަގުމަތިން ދިޔަ ކުއްޖަކު ސައިކަލު ކުރިމައްޗަށް އެރުމުން އެ ކުއްޖާ ގައިން ނައްޓާލަން އުޅުމުގެ ތެރޭގައި ކައިރީ ހުރި ފިހާރައަކަށް ސައިކަލު ވަދެފައިވާ ކަމަށެވެ.
މިހާދިސާއަށްފަހު ސައިކަލް ދުއްވަން އިން އަންހެން މީހާވަނީ ހޭނެތިގެން އައިޖީއެއްއެޗަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ އަށް އިތުރު އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ.
މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން އުމުރުން 34 އަހަރުގެ އަންހެންމީހާ އަތުގައި ލައިސެންސްވެސް ނެތްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
އެކްސިޑެންޓްވި ސައިކަލްގެ ފަހަތުގައި އިން އުމުރުން 10 އަހަރުގެ އަންހެން ކުއްޖާގެ އަތް ކަފައިގެން ގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.