ނިއުޒިލެންޑް ޕާލަމެންޓްގެ ގޮނޑި ކާމިޔާބުކުރި ޑރ. އައިޝާއަށް އެމްޑީޕީން މަރުޙަބާ ދަންނަވައިފި

ނިއުޒިލެންޑްގެ އާ މަޖިލީހުގެ ވެލިޓަން ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޑރ. އައިޝާ ވެރާލްއަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން މަރުހަބާ ދަންނަވައިފިއެވެ.

ޑރ. އައިޝާ ވެރާލް އަކީ ދިވެހި މަންމައަކާއި ނިއުޒިލެންޑް ބައްޕަ އަކަށް އުފަން ބޭފުޅެކެވެ. އަދި ދެ ގައުމުގެ ޑުއަލް ސިޓިޒަން އެކެވެ. ނިއުޒިލެންޑަށް އުފަން އަދި އެ ގައުމުގައި ދިރިއުޅުން ހޭދަކުރައްވަމުން ގެންދަވާ ޑރ. އައިޝާގެ އަތްޕުޅުގައި ދެ ގައުމުގެ ޕާސްޕޯޓު ވެސް އޮވެއެވެ.

ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި ޑރ.އައިޝާ އެގައުމުގެ ޕާލަމެންޓަށް ވާދަކުރައްވީ ނިއުޒިލެންޑްގެ ބޮޑުވަޒީރު ތަމްސީލުކުރައްވާ ލޭބާ ޕާޓީގެ ފަރާތުންނެވެ.

ޑރ. އައިޝާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެބެންގެ ދެދަރި ބޭފުޅެކެވެ. އޭނާއަކީ ރައީސް ނަޝީދުގެ މަންމާފުޅާ އެއްބަނޑު އެއްބަފާ ލަތީފާގެ ދަރިކަލެކެވެ. އަދި އައިޝާވަނީ، އެމްޑީޕީއާއެކު މަސައްކަތްވެސް ކުރައްވާފައެވެ.

ސިންގަޕޫރާއި އިންޑޮނޭޝިއާ އިން ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކުރައްވައި ޑރ. އައިޝާ ވަނީ އައިޖީއެމްއެޗާއި ވެލިންޓަން ހޮސްޕިޓަލެއްގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

ސިންގަޕޫރާއި އިންޑޮނޭޝިއާއިން ސިއްހީ ދާއިރާއިން ތައުލީމް ހާސިލްކުރައްވައި ޑރ. އައިޝާ މިހާރު މަސައްކަތް ކުރައްވަނީ ނިއުޒިލެންޑުގައި އިންފެކްޝަސް ޑިޒީސް ޑޮކްޓަރެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ