ހައިމާކަކުން މީހަކު ބުރަކަށި ކަހާ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް!

ހައިމާކަކުން ނުވަތަ އެފަދަ އެހެން އެއްވެސް ވަސީލަތަކުން މީހަކު ހަށިގަނޑުގެ އެއްވެސް ތަނެއް ކަހަނިކޮށް ދުވަހަކުވެސް ދުށިންހެއްޔެވެ. މިއީ އާއްމުކޮށް ކޮންމެ ދުވަހަކު ފެންނާނެ މަންޒަރެއް ނޫންނަމަވެސް، ހައިމާކަކުން މީހަކު ބުރަކަށި ކަހާ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ވައިރަލްވެފައެވެ.

41 ސިކުންތުގެ މި ވީޑިއޯއިން ފެނިގެންދަނީ، ކޮންސްޓްރަކްޝަން ސައިޓެއްގައި ޕާކު ކޮށްފައި އޮތް ހައިމާކަކާއި ތަންކޮޅެއް ދުރުގައި މި މީހާ ހުއްޓިލައިގެން ހުރި ތަނެވެ. އަދި ދެން ފެނިގެންދަނީ، އެ މީހާ އެ ހައިމާކު ކައިރިއަށް ގޮސް ހައިމާކުގެ ދަތްގަނޑާއި ވީފަރާތަށް ބުރަކަށި އަނބުރާ ހުއްޓޭތަނެވެ. އަދި ދެން ފެނިގެންދަނީ އެ ހައިމާކު ދުއްވާ ޑްރައިވަރު އެ އުޅަނދު ސްޓާޓް ކުރުމަށްފަހު، ހައިމާކުގެ ދަތްގަނޑުން އެމީހާގެ ބުރަކަށި ކަހާ މަންޒަރެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި މިއީ އުމުރުން ދުވަސްވީ މީހެކެވެ.

މި ވީޑިއޯ ފޭސްބުކްގައި ހިއްސާކުރުމާއެކު، ގިނަ މީސްމީޑީއާ ޕްލެޓްފޯމުތަކުގައި މި ވީޑިއޯ ވަނީ ވައިރަލް ވެފައެވެ. އަދި މި ވީޑީއޯ ގިނަ އަދަދެއްގެ ބަޔަކު ބަލާފައިވާއިރު، ގިނަ ބަޔަކު ވަނީ މިކަން ވަރަށް ޝައުގުވެރިކަމަކަށްވެގެން ކޮމެންޓްވެސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ