މާރިޔާ ދެއްކެވި ވާހަކަ އޮޅުވާލަނީ ސިޔާސީ މަންފާ ހޯދަން - ޑިފެންސް

އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުގައި ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ ދީދީ ވިދާޅުވީ އެއްޤައުމު އަނެއް ޤައުމަށް އިހްތިރާމް ކުރާ ވާހަކަ ކަމަށް ޑިފެންސް މިނިސްޓަރީން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަ ދިވެހި މީޑިއާގައި ގެނެސްދެމުންދާ ގޮތާއި ގުޅިގެން ދާދި ދެންމެ އެ މިނިސްޓަރީން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ، "މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމުގައި މާރިޔާ ވިދާޅުވި އެއްޗެއްގެ މާނަ އޮޅޭގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާ" ކަމަށެވެ.

"މިނިސްޓަރު އިންޑިއާގެ ނިއުސް ޗެނަލަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއާއި އަވަށްޓެރި އިންޑިއާ އަކީ ޒަމާނުންސުރެ އެއް ޤައުމު އަނެއް ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލަށް އިޙްތުރާމްކޮށް، އެކުވެރިކަމާއެކު އުޅޭ ދެ ޤައުމު ކަމާއި، އިންޑިއާގެ އަސްކަރިއްޔާގެ ހައިބަތު ކިތަންމެ ބޮޑުވިޔަސް ދެ ޤައުމު އަބަދުވެސް ދެ ޤައުމުގެ ސިޔާދަތަށް އިޙްތިރާމްކުރާ ކަން." ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މިނިސްޓަރު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ބައެއް އުނިކޮށްގެން ދެއްކެވި ވާހަކަފުޅު އޮޅޭގޮތަށް ފަތުރަމުންދާ ޚަބަރަކީ ޤައުމުގެ މަސްލަމަސްލަސްކަން ގެއްލުވާލުމަށް ސިޔާސީ މަންފާ ހޯދުމަށް ފަތުރާ ޚަބަރެއް ކަމަށެވެ.

ޑިފެންސްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، ދިވެހި ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ދިފާއުކޮށް ދެމެހެއްޓުމުގައި ސާބިތުކަމާއެކު ހުންނެވިކަމަށް މިނިސްޓަރ އޮފް ޑިފެންސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ