މިދިޔަ އަހަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތަކަށް ދިޔަ އުމަރު ސަލީމް (އޮއްތޮ) ގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތް މިއަދު ކެންސަލްކޮށްފި އެވެ.
ތޮއްތޮގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތް، 1 އަހަރު ފަހުން ފުރަތަމަ ފަހަރަށް ހަމަޖައްސާ ތާވާލުކޮށްފައިވަނީ މިއަދުއެވެ.
އުމުރުން 33 އަހަރުގެ އޮއްތޮގެ އަންހެނުން ފާތުމަތު ނައުފާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިއަދު ހުޅުމާލޭ ކޯޓުގައި ޝެޑިއުލްކުރި އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށާއި، ކެންސަލް ކޮށްފައިވަނީ އޮއްތޮގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ވަކީލަށް އެހެން ޝަރީއަތަކަށް ވަންނަން ޖެހިގެންކަމަށެވެ.
No hearing today. The other lawyer had another hearing. Found this out after reaching Hmalé Court. @PGO_MV , a little heads up next time please@M_Hameedh and @PoliceMv, this is why we (all of us pending justice) need your team to be more swift, efficient and thorough.
— Fathimath naufa (@n0wfar) May 30, 2019
މިއަދު ހުޅުމާލޭ ކޯޓުގައި ޝެޑިއުލްކުރި އަޑުއެހުން ކެންސަލް ކޮށްފައިވާކަން އެނގިފައިވަނީވެސް މިއަދު ކޯޓަށް ހާޒިރުވުމުންކަމަށްވެސް ނައުފާގެ ޓްވީޓްގައި ބުނެފައިވެއެވެ.
މެއި 29 ވަނަ ދުވަހު ހިނގި އެކްސިޑެންޓަށް ފަހު، އަމިއްލަ އަށް ހިނގައިބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުން ވެސް އޮއްތޮ މަހްރޫމްވެފައިވާއިރު، ސައިކަލުން ޖެއްސި މީހާ އަށް ފުލުހުން މިހާތަނަށް އައިއިރު، އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.