ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސެވް ކޯލިޝަނުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މާދަމާ މެންދުރުފަހު ކުރިއަށްދާނެ ކަމަށް އެ ޕާޓީތަކުން ވިދާޅުވެއްޖެއެވެ.
މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ (ހުކުރު) މެންދުރުފަހު 03:00 އިން ހަވީރު 06:00 އަށް ކަމަށެވެ.
މާދަމާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ، މަކުނުދޫ ދާއިރާ، އަލިފުށި ދާއިރާ، ތުލުސްދޫ ދާއިރާ، ފެލިދޫ ދާއިރާ އަދި މުލައް ދާއިރާގެ އިތުރުން ކިނބިދޫ ދާއިރާގެ ކަމަށް މުންދު ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބަށް ޕީޕީއެމް އަދި ޕީއެންސީން ނިކުންނަނީ "ޕްރޮގްރެސިވް ކޯލިޝަން" ގެ ގޮތުގައެވެ.