ހިދާއީ ނޫރު 3 ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މިހާރު

ޝަލަބީގެ "ހިދާއީ ނޫރު 3" މަދަހަ އަލްބަމް ނެރެފި

މޯލްޑިވިއަން އިން ވިދާލި ރަން އަޑުގެ ވެރިޔާ، ޝަލަބީ އިބްރާހިމްގެ "ހިދާއީ ނޫރު"ގެ ތިން ވަނަ މަދަހަ އަލްބަމް ނެރެފިއެވެ.

ރޯދަ މަހުގެ ފަހު 10އާ ދިމާކޮށް ތައްޔާރުކުރި އެ އަލްބަމް ނެެރެދެއްވީ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ބައިސްކޯޕް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު އަޑުއަހާލަން ދޫކޮށްލާފައިވާ، އަމިއްލަ ރާގުގެ ހަތް މަހަހަ ހިމެނޭ ފުރިހަމަ މަދަހަ އަލްބަމަކީ ސަލަބީއާއި، ހައުސް އޮފް މިއުޒިކް އާ ގުޅިގެން ނެރުނު އަލްބަމެކެވެ. މި އަލްބަމްގެ މަދަހަތަކުގެ ޅެން ހަދާފައިވަނީ ޓީވީއެމްގައި މަސައްކަތްކުރާ ނޫސްވެރިއެއް ކަމުގައިވާ ނަސްމާ އަބްދުލް މުހުސިންގެ އިތުރުން އަހުމަދު ޝަރީފެވެ.

ހިދާއީ ނޫރު ތިނެއްގެ މަދަހަތައް:

"ވަރަށް ރީތި، ނަސޭހަތްތަކެއް ހުންނާނީ މަދަހައިން ފޯރުކޮށްދީފައި،" ހިދާއީ ނޫރުގެ އެކެއް އަދި ދެއަކަށްވެސް ބޮޑު ތަރުހީބެއް ލިބުނުކަން ފާޙަގަކޮށް ޝަލަބީ ބުންޏެވެ.

ސަލަބީގެ މަދަހަތަކަކީ ދިވެހިންގެ ތެރޭގައި މަޤްބޫލު ބަދަހަތަކެއްކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Ehkala soru

    Saabahey shalabee..varah dhuvas vehje thi albumge inthizaaruga hunnathaa…..hurihaa madhaha thah vz hama ehaa furihama….

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް