އެމެރިކާގެ ސުޓޭޓެއް ކަމަށްވާ ވާރޖީނިއާގެ ސަރުކާރު އިމާރާތެއްގައި އިއްޔެ މީހަކު ދިން ބަޑީގެ ހަމަލާ ތަކުގައި 12 މީހުން މަރުވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި މި ހަމަލާ ދީފައިވަނީ ހަމަލާ ދެވުނު ސިޓީގެ ސަރުކާރު ވަޒީފާއެއް އަދާކުރަމުންދާ މުވައްޒަފެކެވެ. ހަމަލާދިން ފަރާތުގެ ވަނަވަރެއް އެމެރިކާގެ ކަމާބެހޭ އިދާރާ ތަކުން ހާމަކޮށްފައެއް ނުވެއެވެ.
ހަމަލާދިން މީހާ ވަނީ ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުމުގައި މަރުވެފައެވެ.
އެމެރިކާއަކީ ބަޑީގެ ހަމަލާތައް ދިނުން ގިނަ ގައުމެކެވެ. މިގޮތުން އިއްޔެ ދެވުނު މި ހަމަލާއަކީ 2019 ވަނަ އަހަރު ދެވުނު މިފަދަ ބަޑީގެ 150 ވަނަ ހަމަލާއެވެ.