އިބްރާހީމް ރިފްއަތް - ފޮޓޯ: ރާއްޖެޓީވީ

ބާ ކައުންސިލް އުފެއްދުމުގެ ބިލް ހޯމަ ދުވަހުގެ ޖަލްސާއަށް

ގާނޫނީ ދާއިރާ ރެގިއުލޭޓް ކުރުމަށާއި، ވަކީލުން ޒިންމާދާރު ކުރުވުމަށް ބޭނުންވާ ބާ ކައުންސިލް އުފެއްދުމަށް ލީގަލް ޕްރޮފެޒަންސް ބިލް އަންނަ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އެކަން ހާމަކުރައްވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބިލުގައި ހިމެނޭ ގާނޫނީ އޮނިގަނޑުގެ ސަބަބުން ރާއްޖޭގެ ގާނޫނީ ދާއިރާ މުޅިން ބަދަލުވެގެން ދާނެ ކަމަށެވެ.

"ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލިސް އެޖެންޑާގައި ލީގަލް ޕްރޮފެޝަންސް ބިލް އޮތުމުން އުފާކުރަން. 18 ވަނަ މަޖިލިހުގައި ގޮންޖެހުންތަކާއި ދިމާވި ނަމަވެސް، މިފަހަރު މިބިލް ފާސްވެގެން ދާނެ ކަމުގެ އުއްމީދު ބޮޑު،" ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވެއެވެ. 

އެ ބިލުގެ ސަބަބުން ރާއްޖޭގެ ފުރަތަމަ ފަހަރަށް ބާ ކައުންސިލެއް އުފެދިގެން ދާނެ ކަމަށްވެސް ރިފްއަތް ވިދާޅުވިއެވެ.

"އެ (ބާ ކައުންސިލް) ވެގެން ދާނީ ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ މީހުން ރެގިއުލޭޓް ކުރުމާއި، ޖަވާބުދާރީ ކުރުވުމާއި، މަސައްކަތް ހަރުދަނާކޮށް، އިތުރު މިނިވަންކަން ފޯރުކޮށްދޭ އިދާރާއަކަށް،" ރިއްފަތު ވިދާޅުވިއެވެ.

19 ބަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިދިޔަ ހަފްތާގައި ފެށިއިރު، އެޖެންޑާ 19 ތަންފީޒު ކުރުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ގެންދަވާނެކަމަށް ސަރުކާރު ހިންގާ މައި ޕާޓީން ދަނީ ބުނަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ