ހުޅުވި ދޮރުގައި ޖެހުނީ ދުއްވާފައިދިޔަ ސައިކަލް

މަގުމަތީ ޕާކްކޮށްފައި އޮތް ކާރެއްގެ ދޮރުހުޅުވިތަނާ އެމަގުން ދުއްވާފައި ދިޔަ ސައިކަލެއް ކާރުގެ ދޮރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ޖަނަވަރީ މަގުގައި މިއަދު ހިނގި މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން އުމުރުން 29 އަހަރުގެ ބަންގްލަދޭޝް ފިރިހެންމީހާއަށްވަނީ އަނިޔާވެފައެވެ.

ފުލުހުން ވިދާޅުވީ ސައިކަލް ދުއްވަން އިން މީހާގެ ކޮޑު ހުޅަށް އަނިޔާވެ، ވާތް ފަރާތު ފަޔާއި އަތުގެ ހަން މަށައިގެން ގޮސްފައިވާކަމަށެވެ. އަދި އޭނާއަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި ދޮރުހުޅުވި ކާރު ދުއްވަން އިނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ލައިސެންސް ފުލުހުން މިހާރު ވަނީ 48 ގަޑިއިރަށް ހިފަހައްޓައިފައެވެ.

މިހާދިސާ ފުލުހުންދަނީ ތަޙުޤީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ