އެމެރިކާގެ ވިސާއަށް އެދޭއިރު ބޭނުންކުރާ ސޯސަލް މީޑިއާތަކުގެ މައުލޫމާތު ދޭންޖެހޭގޮތަށް ހަމަޖައްސަނީ

އެމެރިކާއަށް ދަތުރުކުރުމަށްޓަކައި ވިސާއަށް އެދޭއިރު އެމީހަކު ބޭނުންކުރާ ސޯސަލް މީޑިއާތަކުގެ މައުލޫމާތު ދޭންޖެހޭގޮތަށް ހަމަޖައްސަން އެމެރިކާގެ ސުޓޭޓް ޑިޕާޓްމެންޓުން ނިންމައިފިއެވެ.

މިގޮތުން ސޯސަލް މީޑިއާ އެކައުންޓް ތަކުގެ ނަންތަކާއި، އީމެއިލް އައިޑީ ތަކާއި، އަދި ފޯން ނަންބަރ މި އާގަވާއިދުގެ ދަށުން ވިސާއަށް އެދޭއިރު ފޯރުކޮށްދޭން ޖެހޭނެއެވެ.

މި މައުލޫމާތުތައް ފޯރުކޮށް ނުދީ ވިސާއަށް އެދުމުގެ ފުރުސަތު ހަމައެކަނި ދެން އޮންނާނީ ޑިޕޮލޮމެޓިކް ވިސާއަށް އެދިލައްވާ ފަރާތްތަކަށެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި މި ބަދަލު ގެނައީ އެމެރިކާއަށް އެތެރެވާ ފަރާތްތައް ރަނގަޅަށް ދެނެގަނެ އެމެރިކާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ. މި ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަހަރެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕަކީ އެމެރިކާއަށް އެހެން ގައުމު ތަކުގެ ރައްޔިތުން އެތެރެވުން މަދުކުރުމަށްޓަކައި ހަރުކަށި ވިސްނުންފުޅެއް ގެންގުޅުއްވާ ރައީސެއްކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ