ހުސައިން ޝަރީފު އަވަހާރަވެއްޖެ

މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދުގެ ފިރިކަލުން ހުސައިން ޝަރީފު އިންޑިއާގައި މިއަދު އަވަހާރަވެއްޖެ އެވެ.

ހުސައިން ޝަރީފު އަވަހާރަވީ ހާލުކޮޅު ސީރިއަސް ވެގެން މީގެ ތިން ދުވަސް ކުރިން އިންޑިއާގެ ބެންގަލޫރަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.

ސަރުކާރުގެ އެކި މަގާމުތަކުގައި 40 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި ހުސައިން ޝަރީފް އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގަ އެވެ. މީގެ އިތުރުން އޭނާ ވަނީ ފޮރިން މިނިސްޓްރީގައި ވެސް ހިދުމަތްކުރައްވައިފަ އެވެ.

ހުސައިން ޝަރީފް އަވަހާރަވީއިރު އަންބަކާތިން ބޭފުޅުން އެބަތިއްބެވިއެވެ. އޭގެ ތެރެއިން އެންމެ ދޮށީ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް