ރޭ 23:30 ހާއިރު ކުޑަ ކުއްޖަކާއި މެދު ބަދުއަހުލާގީ އަމަލު ހިނގަން އުޅުނު މީހަކަށް ހަމަލާދީ މާރާމާރީ ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާއަށް ހަމަލާދީފައިވަނީ ކަނބާއައިސަ ރަނި ހިނގުމުގައި ހުންނަ މާބަލް ހޮޓެލް ކައިރިންނެވެ. އަދި މިމީހާއަށް ހަމަލާދީފައިވަނީ ބޮޑު ގުރޫޕަކުން ކަމަށް ވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ 23:50 ހާއިރު މާލެ ސިޓީގައި ކުޑަ ކުއްޖަކާއި މެދު ބަދު އަޚްލާގީ އަމަލު ހިންގަން އުޅުނުކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ފަހަކަށް އައިސް އެކިއެކި ކުއްތަކަށް އަރައިގަންނަ ފަރާތްތަކަށް ރައްޔިތުން ނިކުމެ މިވަނީ ހަމަލާދޭން ފަށައިފައެވެ. މިގޮތުން ރޭ މާލޭގެ ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކުވެސް އާއްމުންވަނީ ގަންހިންގުވައިފައެވެ.




ހިޔާލު
މިޤައުމުގަ ސަރުކާރެއް އެބައޮތްތޯ ރަށްޔިތުން ގޮތްނިންމަވާ ހިސާބަށް ދާން ޖެހޭނީ ކީއްވެބާ