ފަނޑިޔާރު އަބްދުﷲ ދީދީ

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ރައީސް ނަޝީދު ޖޭއެސްސީއަށް ހުށަހަޅުއްވައިފި

ސުޕްރީމް ކޯޓްގެ ފަނޑިޔާރު، އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި ދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެންބަރު ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ އަމީން އާންމު މިއަދު މީޑިއާތަކާ ބައްދަލު ކުރައްވައި ވިދާޅުވީ، އަބްދުﷲ ދީދީގެ މައްސަލަ ބައްލަވައި ދެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ސިޓީފުޅެއް ފޮނުއްވީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އެބޭފުޅާ ހިލާފުވެފައިވާ ކަމަށް ދެކެވަޑައިގެން ކަމަށެވެ.

އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް އައްޔަން ކުރީ، 1 ފެބުއަރީގެ އަމުރަށް ފަހު، އޭރުގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް މަގާމުން ވަކިކުރުމާ ގުޅިގެން އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފަތިފުއް

    ތިޖެހުނީކަންތަކާ ސްޕްރީމްކޯޓުގެ ފަނޑިޔާަރަކައްލާނީވެސް އިންޑިއާގެ ބުދުފައްޅީގެ ހާމުދުރެއް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ