ގދ. ތިނަދޫއިން އިއްޔެ ޕޮޒިޓިވްވި މީހާގެ ޒިންމާ ނަގަން ޖެހޭނީ، ތިނަދޫ ކައުންސިލް އާއި ތިނަދޫ ހޮސްޕިޓަލް އާއި މިދެ މުއައްސަސާ ގުޅިގެން އެކުލަވާލައިފައިވާ ކޮވިޑް ފައިސާއިން ފައިސާ ނަންގަވާ ޓާސްފޯސް ކޮމެޓީން ކަމުގައި އިދިކޮޅު ޕީޕީއެމްގެ ތިނަދޫ ގޮފިން ބުނެފިއެވެ.
ޕީ.ޕީ.އެމް ތިނަދޫ ގޮފިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގދ. ތިނަދޫ އިން ކޮވިޑް19 އަށް އިއްޔެ ފައްސިވި ފަރާތަކަކީ މި ގޮފިން އިންތިޒާމްކުރެވި ކުރިއަށް ގެންދިޔަ މުޒާހަރާގައި އެއްވެސް މިންވަރަކަށް ބައިވެރިވެ ވަޑައިގެންފައިވާ ފަރާތެއްނޫންކަމަށް ކަށަވަރުކުރާ ކަމަށެވެ.
ޕީ.ޕީ.އެމް ތިނަދޫ ގޮފިން މިހެން ބުނެފައި މިވަނީ، އިއްޔެ ތިނަދޫ އިން ފައްސިވި މީހާ އަކީ އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި އިހުތިޖާޖުގައި ބައިވެރިވި މީހެއް ކަމަށް ބުނެ ބައެއް މީޑިއާތަކުގައި އެކަން ރިޕޯޓު ކޮށްފައި ވަނިކޮށެވެ.
ނަމަވެސް މި ނޫސްބަޔާނުގައި ބުނެފައިވަނީ، ޕީޕީއެމްގެ މުޒާހަރާ އެދުވަހު ބޭއްވިފައިވަނީ 4:30.ގެ ފަހުންކަމަށާއި، އަދި މި އެވަގުތުގެ ދެމެދުގައި އެބޭފުޅާއާއި ހަމައެކަނި ބައްދަލުވީ މުޒާހަރާ އަކީ ނޫންކަމަށެވެ. ނަމަވެސް މުޒާހަރާގެ ކުރިން ގިނަމީހުން ބައިވެރިވެ ކުރެވުނު ހުކުރު ނަމާދުގެ އިތުރުން ޖަމާޢަތުގައި ކުރާ އެހެން ނަމާދުތަކުގައިވެސް އެމީހާ ވަނީ ބައިވެރިވެފައި ކަމަށް ޕީޕީއެމް އިން ބުންޏެވެ.
އެހެންކަމުން މިކަމުގެ ޒިންމާ ނަގަންޖެހޭނީ މުޒާހަރާއި އިންތިޒާމުކުރި ފަރާތުން ނޫންކަމަށާއި، ނަމަވެސް ކޮވިޑް ފައިސާއިން ފައިސާ ނަންގަވާ ޓާސްފޯސް ކޮމެޓީން ކަމުގައި ޕީޕީއެމްގެ ތިނަދޫ ގޮފިން މި ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް ޕީޕީއެމް އިން ބުނީ، ތިނަދޫ ކައުންސިލް އާއި ތިނަދޫ ހޮސްޕިޓަލް، މި 2 މިމުވައްސަސާ އިން އަދާކުރައްވަންޖެހޭ ޒިންމާ އަދާނުކޮށް އޮތުމުގެ ސަބަބުން، މިއަދުގެ ބިރުވެރި ކޮވިޑް19ގެ ބަލިމަޑުކަމާއި ތިނަދޫ ރައްޔިތުންނާވެސް މި ވަނީ ކުރިމަތިލާން ޖެހިފައިކަމަށެވެ. އަދި މީޑިއާތަކުގައި ދޮގު ޙަބަރު ނުފެތުރުމަށްވެސް ޕީޕިއެމް އިން ގޮވާލާފައިވެއެވެ.
"މުޖުތަމަޢުގެ މަސްލަހަތާއި ގުޅުންހުރި މިފަދަ ޒިންމާދާރުކަންކުޑަ ހަބަރުތަކާ މަޢުލޫމާތު ފަތުރަމުންގެންދާ ފަރާތްތަކަން ދަންނަވާލަން އޮތީ "ތިބޭފުޅުންގެ ފަރުދީ ޒިންމާ ހަމަރަގަޅަށްވެސް އަދާކުރެއްވީތޯއެވެ؟"، މި ވަބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ ތިނަދޫ ގޮފިން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިކަމާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރި މީޑިއާތަކާއި އަދި ތިނަދޫ ރަށު ކައުންސިލްގެ އަންހެން މެންބަރު ހިންގާފައިވާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަރާތްތަކުން މާފަށް އެދުމަށްވެސް ގޮވާލާކަމަށެވެ.
ތިނަދޫއިން ޕިޒިޓިވް މީހާއަކީ މުޒާހަރާގައި ބައިވެރިވި މީހެއް ކަމަށް ބުނެ ޙަބަރު ޝާއިރުކޮށްފައިވާ މީޑިއާތަކުގެ ތެރޭގައި ރާއްޖޭގެ "ހާމަ" ނޫހާއި "ދަ ޕްރެސް އެމް.ވީ" އާއި ސޯސަލް މީޑިޔާގެ ފޭސްބުކް ޕޭޖެއް ކަމުގައިވާ "ތިނަދޫ ޙަބަރާ ކޮމެޓީ" ހިމެނޭ ކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.
"ރާއްޖެ ވިއްކާލުމާއި ދެކޮޅަށް 28 އޯގަސްޓް 2020 ވަނަ ދުވަހު މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ކުރިއަށް ގެންދިޔަ
ޙަރަކާތުގައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި ޚިލާފުވެފައިވާކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު އެމައްސަލަތައް ބަލާ ފިޔަވަޅުވެސް އަޅާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.



