ޕީޕީއެމް އިން ލޯޔަލްޓީ ކާޑު ތައާރަފްކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ލޯޔަލްޓީ ކާޑު ތައާރަފްކޮށްފިއެވެ.

ތިން ކެޓެގެރީއަކުން ޕީޕީއެމްއިން މެމްބަރުންނަށް ލޯޔަލްޓީ ކާޑުތަކެއް މިއަދު ތަޢާރަފްކޮށްފައިވާއިރު، މިއީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ލޯޔަލްޓީ ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ. މި ކާޑު ތަޢާރަފް ކޮށްފައިވަނީ ހ. ދިމްޔާތުގެ 7 ވަނަ ފަންގިފިލާގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕީއެންސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އެވެ.

ޕީޕީއެމްއިން ތަޢާރަފްކުރި ލޯޔަލްޓީ ކަޑުގެ ފުރަތަމަ ކާޑު އަރުވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުﷲ އަށެވެ. އެ ރަމްޒީ ކާޑާއި އެމަނިކުފާނުގެ ފަރާތުން ހަވާލުވެލެއްވީ، ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ.

ޕީޕީއެމްގެ ލޯޔަލްޓީ ކާޑު ހަތަރު ކެޓަގަރީ އަކަށް ވިއްކަން ނިންމާފައިވާ އިރު، އެއީ ގޯލްޑް، ސިލްވަރ، މެޖެންޓާ އަދި ޕްލެޓިނަމް ކެޓަގަރީ އެވެ.

ޕީޕީއެމްއިން ތަޢާރަފްކުރި ލޯޔަލްޓީ ކާޑަކީ، އިދިކޮޅުގެ އެކި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ފައިސާ ހަދިޔާ ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ތައާރަފްކޮށްފައިވާކާޑެއްކަމަށްވެސް އެޕާޓީއިން ބުނެއެވެ. އެގޮތުން މި ކާޑު މެދުވެރިކޮށް 100 ރުފިޔާއިން ފެށިގެން ކޮންމެ މަހެއްގެ މައްޗަށް ފައިސާ އިދިކޮޅުގެ ފަންޑަށް ހަދިޔާ ކުރެވޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މި ކާޑުތައް ތައްޔާރުކޮށް އާންމު މެންބަރުންނާއި ހަމަޔަށް މިއަދު ފޯރުކޮށްދެވިފައި ވަނީ، ގިނަ ބައެއްގެ ހިޔާލާއި އެކު ކަމަށާއި، މިކާޑުތަކުގެ ސަބަބުބް ޕާޓީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެންދާނެކަމަށެވެ. އަދި މިއަދު މިކާޑު އިފްތިތާހް ކުރެވިފައިމިވަނީ މިއަދަކީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް ޕީޕީއެމް ލިބިލެއްވިތާ ހަތަރު އަހަރު ފުރުނު ދުވަސް ފާހަގަކުރުމުގެ މުނާސަބަތާއެކުގައިކަމަށްވެސް އެޕާޓީން ހާމަކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ