ދެވަނަ ޓެސްޓް ޕޮޒިޓިވްވެ ބާސާ މެޗުގައި ރޮނާލްޑޯއަށް ނުކުޅެވިދާނެކަމުގެ ބިރު!

ދެވަނަ ޓެސްޓްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ދެކޮޅަށް ޔުވެންޓަސްް ކުޅޭ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނުކުޅެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ. ރޮނާލްޑޯ ކޮވިޑަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މިދިޔަ އިންޓަރނޭޝަނަލް ބްރޭކްގައެވެ. އަދި ޔޫއެފާ ނޭޝަންސް ލީގުގައި އެންމެފަހުން ސްވިޑަންއާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅެފައެއްނުވެއެވެ. ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވިނަމަވެސް އޭނާގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަކަމަށާއި، ނަމަވެސް ސެލްފް އައިސޮލޭޓް ކުރެވިފައިވާކަމަށްވެސް އޭރު ޕޯޗުގަލްގެ ފުޓްބޯޅަ އެސޯސިއޭޝަނުންވަނީ ހާމަކޮށްފައެވެ. ރޮނާލްޑޯ ކޮވިޑަށް … Continue reading ދެވަނަ ޓެސްޓް ޕޮޒިޓިވްވެ ބާސާ މެޗުގައި ރޮނާލްޑޯއަށް ނުކުޅެވިދާނެކަމުގެ ބިރު!