މެސީގެ ފުރަތަމަ ތަށި، ސަޕޯޓަރުންނަށް ބޮޑު ޢީދެއް!

ކޮޕާ އެމެރިކާ 2021 ގެ ފައިނަލުގައި ބްރެޒިލް ބަލިކޮށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ، އާޖެންޓީނާގެ ސީނިއާ ފުޓްބޯޅަ ޓީމާ އެކު ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ. ސައުތު އެމެރިކާގެ ރަސްކަމަށް އާޖެންޓީނާއަށް މިއާދެވުނީ 28 އަހަރުގެ ދިގު އިންތިޒާރަކަށްފަހުގައެވެ.