ޒަކާތު ފަންޑުން ބޭސްފަރުވާއަށް 116 މީހަކަށް 3.9 މިލިޔަން ރުފިޔާ މެއިމަހު ހޭދަކުރި 4 މަސް ކުރިން ފާއިތުވި މެއިމަހު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 3.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ. ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މެއިމަހު 116 މީހަކަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.