އިންޑިއާގެ އެމްބަސީއިން ބޭއްވި ރޯއްދަވީލުމަކަށް ޕާކިސްތާނުގެ ސަލާމަތީ ފަރާތްތަކުން ހުރަސް އަޅައިފި

މިދިޔަ ހޮނިހިރު ދުވަހު ޕާކިސްތާނުގައި ހުންނަ އިންޑިއާގެ އެމްބަސީން އިންތިޒާމްކޮށްގެން ބޭއްވި ރޯދަވީއްލުމަކަށް ޕާކިސްތާނުގެ ސަލާމަތީ ފަރާތްތަކުން ހުރަސް އަޅައިފައި ވާކަމަށް އިންޑިއާގެ އެމްބަސީން ބުނެފިއެވެ.

މިގޮތުން އިންޑިއާ އެމްބަސީން ބުނެފައިވަނީ މި ރޯދަވީލުމުގައި ބައިވެރިވުމަށް އައި އިއްޒަތްތެރިންނަށް ރޯދަވީއްލުން ބޭއްވި ސެރިނާ ހޮޓެލް އަށް ވަނުމަށް ޕާކިސްތާނުގެ ސަލާމަތީ ފަރާތްތަކުން ވަނީ ހުރަސް އަޅާފައި ކަމަށެވެ.

މިމައްސަލަ ތަހުގީގު ކޮށްދިނުމަށް ޕާކިސްތާނުގެ ސަރުކާރަށް އިންޑިއާގެ އެމްބަސީން ވަނީ ގޮވާލައިފައެވެ. ނަމަވެސް މިހާތަނަށް ޕާކިސްތާން ސަރުކާރުން މިހާދިސާ އާއި ގުޅިގެން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނިއުކުލިއަރ ދެބާރު ކަމުގައިވާ އިންޑިއާ އަދި ޕާކިސްތާނުގެ ގުޅުން މިފަހުންވަނީ ވަރަށް ގޯސްވެފައެވެ. އަދި ކަޝްމީރުގައި އިންޑިއާގެ ސިފައިންނަށް އަމާޒުކޮށް އެސަރަހައްދުގެ ހަނގުރާމަވެރިން ދިން ހަމަލާއަކާއި ގުޅިގެން އިންޑިއާ އަދި ޕާކިސްތާނާއި ދެމެދު ހަނގުރާމައެއް ނުފެށި ސަލާމަތްވީ ހަމަ ކިރިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް