ޕްރިޒަންސް ރިފޯމް މޮނިޓަރިންގ ކޮމިޓީއެއް އެކުލަވާލައިފި

ޖަލުތަކުގެ އޯޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ބެލުމަށް ޕްރިޒަންސް ރިފޯމް މޮނިޓަރިންގ ކޮމިޓީއެއް އެކުލަވާ ލައިފިއެވެ.

މިއީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއެކެވެ. މި ފަސް މެމްބަރުންގެ ތެރޭގައި ހިމެނެނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ (ރިޔާސަތު)، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާޒް ޢަލީ ނަޛީރު، އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަޙްމަދު މުޙައްމަދު ފުޅު، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު އާޞިފްގެ އިތުރުން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ.

މިއަދު އެކުލަވާލާފައިވާ ކޮމިޓީ އަކީ ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019' ގެ 179 ވަނަ އިރުޝާދުގައިވާ ފަދައިން އެ އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި، އިޞްލާޙްކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމާއި، އިޞްލާޙްތައް ގެނައުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ، ތާވަލުކުރެވޭ ގަވާއިދަކުން އެކަންކަން ހިނގަމުންދޭތޯ ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ