މާމުއިގެ ޕްރޮމޯޝަނަލް ލަވަ "ރޭ ރޭ" ރިލީޒް ކުރަނީ

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުޑައިގެ ދަށުން މިއަރު ގެނެސްދޭ ދެވަނަ ފިލްމް "މާމުއި" ގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ "ރޭ ރޭ" ޖޫން މަހުގެ 9 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖައްސައިފިއެވެ.

"ރޭ ރޭ" އަކީ ކުރީގެ ލަވަކިޔުންތެރިޔާ މަހުމޫދާ ޝަކީބުގެ އަޑުން ކިޔާފައިވާ ކުރީގެ މަޝްހޫރު ލަވަ "ރޭ ރޭ މިހެން ހިޔާލު ކޮށްލަން އާދެވޭ" ގެ އެހެން ވާޝަންއެކެވެ. މި ލަވައިގެ ޕްރޮމޯޝަނަލް ވާރޝަން ގެނެސްދޭނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާ އަދި ރެޕް އާޓިސް "ޓޯއި"ގެ އަޑުންނެވެ.

ނަމަވެސް ފިލްމުގައި "ރޭ ރޭ" ގެ އެހެން ވާރޝަންއެއްވެސް ހިމެނެއެވެ. މި ލަވައިގެ ވާރޝަން މިހާރު ސައުންޑުކްލައުޑް އިން އަހާލެވޭނެ ގޮތަށް ބެލުންތެރިންނަށް ދޫކޮށްލައިފައިވާއިރު، ފިލްމުގައި ހިމެނޭ ވާރޝަން ކިޔާފައިވަނީ އަޝްރާއެވެ. އަދި ލަވައިގެ މިކްސިން އާއި މާސްޓަރިން ހަދާފައިވަނީ އަބަދުވެސް ޑާކް ރެއިންއާއި ގާތް ފަތޯއެވެ.

"ރޭ ރޭ" ޕްރޮމޯޝަނަލް ވީޑިއޯ ލަވައިގެ ޕޯސްޓަރު މިހާރު ފޭސްބުކްގައި ހާމަކޮށްފައިވާއިރު، ޕޯސްޓަރުން ފެނިގެންދަނީ ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާ އައްޒަ، މަޖޫ އަދި ނުޒޫ އެވެ. އަދި މި ލަވަ އެކްސްކުލޫސިވްކޮށް "ޕްރީ ރިލީޒް" ކުރާނީ ލަވަފޮށިންނެވެ.

"ރޭ ރޭ" އަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްރައޫފް މެލޮޑީއަކަށް ހަދާފައިވާ ލަވައެކެވެ. އަދި މި ލަވައިގެ ޅެންވެސް ހަދާފައިވަނީ ރައޫފްއެވެ.

ޖުލައި 1 ގައި ފިލްމް "މާމުއި" ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މި ފިލްމަކީ ބޮޑު ކާސްޓެއް ހިމަނައިގެން އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ކޮމެޑީ ފިލްމެކެވެ. އަދި މި ފިލްމުގައި މުޅިއަކު ހިމެނޭނީ 4 ލަވައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް