ފިތުރު ޢީދުގެ މުނާސަބަތުގައި ސޮސައިޓީ ފޯރ ޔޫތް ރިކްރިއޭޓިންގ ޔޫނިއަން އޮފް ޕެޓްރިއޮޓްސް (ސިރަޕް) ގެ ފަރާތުން އިންތިޒާމުކޮއްގެން ބާއްވާ ސިރަޕް ޗެލެންޖް ޗަޕް ގެ ފުރުތަމަ މޮޅު އޭ.ޑަބްލިއު.އެމް އިން ހޯދައިފިއެވެ.
މުބާރާތުގެ މެޗުތަށް ރޭފަށާފައިވާއިރު، ރޭވަނީ 8 މެޗުކުޅެފައެވެ. މުބާރާތުގައި ބޭނުންކުރާ ތަފާތު ވަށް ގޯލުގެ ސަބަބުން ގިނަ ޓީމް ތަކަށް ވަނީ ލަނޑުގެހުމަށް ދަތިތަކާކުރިމަތިވެފައެވެ. އެގޮތުން ރޭކުޅެވުނު 8 މެޗުގެ ތެރެއިން ލަނޑެއް ޖެހިފައިވަނީ އެންމެ މެޗެއްގައެވެ.
ފުރުތަމަމެޗުގައި ބައްދަލުކޮށްފައިވަނީ ޖޭޓީ ގޯޅީގަނޑު އަދި ޖޭޓީ ގޯޅި އެވެ. މިމެޗު ގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއްނުވެއެވެ. ދެވަނަމެޗުގައި ބައްދަލުކޮށްފައިވަނީ އޭ.ޑަބްލިއު.އެމް އަދި ޗެސްޓަރ ޔުނައިޓެޑް އެވެ. މިމެޗު ގައިވެސް އެއްވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ތިންވަނަ މެޗުގައި ބައްދަލުކުރީ ފްލައިން ލިޒަޑް އާއި ފިއުރިއަސް އެވެ. ހަތަރުވަމަ މެޗުގައި ބައްދަލުކުރީ އެލައިވް އާއި ކަންމަތި ޕްރައިޑްސް އެވެ. ފަސްވަނަ މެޗުގައި ބައްދަލުކުރީ ފިއުރިއަސް އާއި ޖޭޓީ ގޯޅިގަނޑު އެވެ. ހަވަނަ މެޗުގައި ބައްދަލުކުރީ ކަންމަތި ޕްރައިޑްސް އާއި އޭ.ޑަބްލިއު.އެމް އެވެ. މިމެޗު ކާމިޔާބުކުރީ އޭ.ޑަބްލިއު.އެމް އެވެ. މިމެޗުގައި ފެނުނު ހަމައެކަނި ލަނޑުޖަހައިދިނީ އޭ.ޑަބްލިއު.އެމް ގެ ޒަލީޝާން ހަސަން އެވެ. މިއީ މިހާތަނަށް މުބާރާތުގައި ފެނުނު ހަމައެކަނި ލަނޑެވެ. ހަތްވަނަ މެޗުގައި ބައްދަލުކުރީ ޖޭޓީ ގޯޅި އާއި ޓީމ ވައިޑް އެވެ. އަށްވަނަ މެޗުގައި ބައްދަލުކުރީ ޗެސްޓަރ ޔުނައިޓެޑް އާއި މަނަދޫ ޕޮލިސް އެވެ.
މިމުބާރާތުގައި މިރޭކުޅެން ހަމަޖެހިފައިއޮތް މެޗުތަށް މިވަނީ މިއަދު ހަވީރަށް ބަދަލުކޮށްފައެވެ. މިއަދުހަވީރު މެޗުތަށް ފަށާނީ 4:30 ގައި މަނަދޫ ފުޓްސަލް ދަނޑުގައެވެ.