ވެރިޔަކު އިމާމްވެ ނަމާދުކުރުމަކީ ވެރިކަމުގެ ޝަޙްސިއްޔަތުގެ ފުރިހަމަކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަޙީމް މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުން މަޖިލީހުގެ މަޖިލީހުގެ ބިލެއްދޫ ދާއިރާ މެންބަރު އަޙްމަދު ހަލީމް (ދޮންބިލެތް)، ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމަށް ފާޑު ވިދާޅުވެ މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމާއި ގުޅިގެންނެވެ.
އެގޮތުން ޓުއުރިޒަމްގެ ޤާނޫނަށް ހުށައެޅިފައިވާ އިސްލާހުގެ ބިލަށް ތާއިދުކުރައްވާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޙަލީމް ވިދާޅުވީ ރާއްޖެކުރިއަރައި ތަރައްޤީވެ ނުދިޔައީ، އަޒުހަރުން އައި މުދިމަކަށް 30 އަރުގެ ވެރިކަން ދީގެން އުޅުމުންކަމަށެވެ.
ޙަލީމްގެ މި ވާހަކަފުލަށް ރައްދު ދެއްވައި ޑރ. ޝަޙީމް ވިދާޅުވީ ރައީސް މަޢުމޫންއާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް އަޒްހަރު ޔުނިވާސިޓީއާއި ރައީސް މަޢުމޫންގެ ޢިލްމީ ފެންވަރަށް ޖޯކްޖެހިގެން ނުވާނެކަމަށެވެ.
"ރައީސް މަޢުމޫނަކީ ރާއްޖެދުއް ވަރަށް ބޮޑު މުފައްކިރެއް" ޝަޙީމް ވިދާޅުވެފައިވެއެވެ.
ޝަޙީމް އިތުރަށް ވިދާޅުވީ އިސްލާމީ ޤައުމެއްގެ ވެރިޔަކު އިމާމްވެ ނަމާދު ކުރުމަކީ ވެރިކަމުގެ ޝަޙްސިއްޔަތުގެ ފުރިހަމަކަން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. އަދި އަޒްހަރު ޔުނިވާސިޓީއަކީ އިސްލާމީ އުންމަތުގެ އެންމެ ފަޚުރުވެރި އެއްހާސް އަހަރުވީ ޢިލްމީ ކިއްލާއެއްކަމުގައި ޝަޙީމް ވަނީ ވިދާޅުވެފައެވެ.
ޝަޙީމް ވިދާޅުވީ އަޒްހަރު ޔުނިވާސީޓީއިން ތަޢުލީމް ހާޞިލް ކުރެއްވި ބޭފުޅުން ދުނިޔޭގެ އެތައްމިތަނުގައި ޤައުމުތަކުގެ ވެރިންގެ ގޮތުގައްޔާއި އިންސާނިއްޔަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.




ހިޔާލު
????????????????????????????