މިއަހަރުގެ އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ އެންމެ މޮޅު ޑްރާމާ ސީރީޒްއަކަށް ނެޓްފްލިކްސް ގެ އިންޑިއާ ސީރީސް "ދެއްލީ ކްރައިމްސް" އަށް ލިބިއްޖެއެވެ.
މިއީ އިންޑިއާއަށް ބައިނަލް އަޤްވާމީ އެމީ އެވޯޑްސް ހާސިލުކުރެވުނު ފުރަތަމަ ފަހަރެވެ. އެއާއެކު މި ޝަރަފު ލިބިގެން މިދިޔައީ ދެއްލީ ކްރައިމްސް"އަށެވެ.
"ދިއްލީ ކްރައިމްސް" އަކީ 2012 ވަނަ މުޅި ދުނިޔެ ސިއްސުވާލި އިންޑިއާޣެ ބަހެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި ހާދިސާ، 'ގޭންގް ރޭޕް'ގެ މައްޗަށް އުފައްދާފައިވާ ހަޤީޤީ ހާދިސާއެކެވެ.
މިދިޔަ އަހަރުގެ މާރިޗު މަހު ނެޓްފްލިކްސްއަށް އައިސްފައިވާ މި ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ރިޗީ މެހެތާއެވެ.
ސީރީޒްގެ މުހިއްމު ކާސްޓުންގެ ތެރޭގައި ހިމެނެނީ، ޝިފާލީ ޝާހްއާއި ރާޖޭޝް ތައިލާންގް، އާދިލް ހުސައިން، ރަސީކާ ޑައްގަލް އަދި ޖާޔާ ބައްޓާޗާރްޔާފަދަ ތަރިންނެވެ.
އިންޓަނޭޝަނަލް އެމީ އެވޯޑްސްއަކީ، އިންޓަނޭޝަނަލް އެކަޑަމީ އޮފް ޓެލެވިޝަން އާޓްސް އެންޑް ސައެންސަސް (އަޔާޓާސް) އިން، ޓީވީ ޕްރޮގްރާމްތަކަށް ހާއްސަކޮށްގެން ދޭ، ޝަރަފުވެރި އެވޯޑެކެވެ.
މި އެވޯޑު ހަފްލާ މިފަހަރު ބާއްވާފައިވަނީ، މި މަހުގެ 23 ގައި ވާޗުއަލްކޮށެވެ.




