ދުނިޔޭގެ ތާރީހުގައި މިހާތަނަށް ފެނުނު އެންމެ މޮޅެތި ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާރޖެންޓީނާގެ އެޓޭކިން މިޑްފީލްޑަރ ޑިއޯގޯ މެރެޑޯނާ އުމުރުން 60 އަހަރުގައި މިއަދު މަރުވެއްޖެއެވެ.
ކުޅިވަރު ޚަބަރުތައް ގެނެސްދޭ އީއެސްޕީއެން އާރޖެންޓީނާއިން މެރަޑޯނާ މަރުވެފައިވާކަން ކަށަވަރުކޮށްދީފައިވާއިރު މައުލޫމާތު ލިބޭގޮތުގައި މެރަޑޯނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ނަމަވެސް މަރުވި ސަބަބު އަދި އެއްވެސް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ސިކުނޑީގައ ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަބަބުން މެރަޑޯނާވަނީ މިމަހުގެ ކުރީކޮޅު ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އެއަށްފަހު ބަނގުރަލައް ދެވިހިފައިފައި ވުމުގެ ސަބަބުން އިތުރު އޮޕަރޭޝަނެއް ކުރުމަށްވެސް ތައްޔާރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، މެރަޑޯނާ މަރުވެފައިވަނީ ހޮސްޕިޓަލުން ދޫކޮށްލިތާ ދެހަފްތާއެއްހާ ދުވަސް ފަހުންނެވެ.
La noticia más triste: a los 60 años, murió Diego Armando Maradona. pic.twitter.com/lED4f4JXTV
— ESPN Argentina (@ESPNArgentina) November 25, 2020
މެރަޑޯނާގެ ފުޓުބޯޅަ ހަޔާތުގައި މެރަޑޯނާވަނީ އާޖެންޓީނާއަށް 1986 ވަނަ އަހަރު ވޯލްޑްކަޕް ތަށި ހޯދައިދީފައެވެ. އަދި މެރަޑޯނާ ކުޅުނު ކުލަބުތަކުގެ ތެރޭގައި ބާސެލޯނާ އަށާއި ނެޕޯލީއަށް ކުޅެފައި ވެއެވެ.



