މަޝްހޫރު ބިލިއަނަރު އިލޯން މަސްކްގެ އިލެކްޓްރިކް ކާރު ކުންފުނި ޓެސްލާއިން، އެމެރިކާގެ ސޮޓޮކް މާކެޓްގެ އިންޑެކްސް، އެސް އެންޑް ޕީ 500 އަށް ވަނުމަށް ހޮވިފައިވުމާއެކު، ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގްއަށްވުރެ ކުރިއަށް ޖެހިލަ ދުނިޔޭގެ ތިންވަނައަށް އެންމެ މުއްސަނދި މީހާގެ ލަޤަބު އިލޯން މަސްކަށް ވަނީ މި މަހުގެ ތެރޭގައި ހޯދާފައިއެވެ.
އެއާއެކު، އަނެއްކާވެސް އޭނަގެ މިލްކިއްޔާތުގެ އަގު އުފުލި، ދުނިޔެއިން އެންމެ މުއްސަނދި މީހާގެ ލަޤަބު އިލޯން މަސްކަށް މިހާރު ވަނީ ލިބިފައެވެ. އޭނާ މި ލަޤަބު ހޯދާފައިމިވަނީ، މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސްއަށްވުރެ ކުރިއަރާގޮހެވެ.
'ބްލޫމްބާގް ބިލިއަނަރ އިންޑެކްސް' އިން ދައްކާ ގޮތުން، މިއަދާއި ހަމައަށް އިލޯން މަސްކްގެ މިލްކިއްޔާރުގެ އަގު ވަނީ މީގެ ކުރިން އެ ލިސްޓުގެ ތިންވަނައިގައި އޮތް މައިކްރޮސޮފްޓް ކުންފުނީގެ ބާނީ، ބިލް ގޭޓްސް އަށްވުރެ ކުރިއަށް ޖެހިލައިފައެވެ. އެގޮތުން އިލޯން މަސްކްގެ މިލްކިއްޔާތުގައި މިއަދާއި ހަމައަށް 140 ބިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، ބިލް ގޭޓްސްގެ މިލްކިއްޔާތުގައި ހުރީ 129 ބިލިއަން ޑޮލަރެވެ.
މީގެ އިތުރުން، 'ބްލޫމްބާގް ބިލިއަނަރ އިންޑެކްސް' އިން ދައްކާ ގޮތުގައި، ދުނިޔޭގެ އެންމެ މުއްސަނދިމީހާގެ ޝަރަފުގައި މިވަގުތު އޮތީ އެމޭޒަން ކުންފުނީގެ ވެރިޔާ، ޖެފް ބެޒޮސްގެ އަތުގައެވެ.
ޓެސްލާ ކުންފުނިން، އެސް އެންޑް ޕީ 500 އަށް ވަނުމަށް ހޮވިފައިވާއިރު، އެސް އެންޑް ޕީ 500 އަކީ އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރެވިފައިވާ 500 ބޮޑު ކުންފުންޏެއްގެ ޕާރފޯމެންސް ބަލާ ސްޓޮކް މާކެޓް އިންޑެކްސްއެކެވެ.
ޓެސްލާ ކުންފުނި އެސް އެންޑް ޕީ 500 އާއި ގުޅޭނީ އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށް ވަނީ އިއުލާންކޮށްފައެވެ.



