ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޒެކް އެފްރޯންގެ މިހާރުގެ ލޯބިވެރިޔާ ވެނެސާ ވެލާޑާރެސް އާއި ރުޅިވެއްޖެކަމަށް ޙަބަރުތައް ފެތުރިއްޖެއެވެ.
މޮޑެލ،ް ވެނެސާ އާއި ޒެކް އެފްރޯން ރުޅިވެފައިވާކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ، މި ދެބައިވެރިންގެ ގާތްރައްޓެއްސެއްކެވެ. އެގޮތުން ޑޭޓް ކުރާތާ ފަސް މަސްވެފައިވާ މި ދެބައިވެރިންގެ ގުޅުން މިހާރު ނިއްމާލާފައިވާކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މައުލޫމާތު ލިބޭގޮތުގައި މި ދެބައިވެރިންގެ ގުޅުން ނިމުމަކަށް އައިސްފައިވަނީ ދެމީހުން މިދުވަސްކޮޅު ދުރުގައި އުޅެން ޖެހުމުގެ ސަބަބުންނެވެ.
ޒެކް ވަރަށް ފަހަކުން ވަނީ، އޭނަގެ ކުރިއަށް އޮތް ފިލްމް "ގޯލްޑް"ގެ ޝޫޓިންގެ މަންޒަރުތައް ނެގުމަށް އޮސްޓްރޭލިއާގެ އެޑެލައިޑެ ސިޓީއަށް ބަދަލުވެފައެވެ. އަދި ކޮވިޑް-19ގެ ހާލަތުގެ ސަބަބުން އެކި ތަންތަނުގައި އޭނާ ކަރަންޓީން ވާންޖެހުމުގެ ސަބަބުން އެނބުރި ވެނިސާ ކައިރިއަށް އައުމަކީ އުނދަގޫކަމެކެވެ.
އަދި މިކަމުގެ ސަބަބުން ދެމީހުންގެ ގުޅުމަށް ބުރޫއަރާ ދެމީހުން ވަކިވެފައިވާކަމަށް އިތުބާރު ހުރި ފަރާތަކުން މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.




