ސަޅަކް 2 އަށް ކިޔާ ފާޑުކިޔުންތަކަށް އަދިތުޔާގެ ރައްދު: ފާޑުކިޔާފައި ކުރާ މެސެޖްތަކެއް ނުކިޔަން!

މިދިޔަ އޮކްޓޫބަރު މަހު ރިލީޒް ކުރެވުނު "ސަޅަކް 2" ވެގެން ގޮސްފައިވަނީ އާއްމުންގެ ފަޑުކިޔުންތަކާއި ނުރުހުން އެންމެ ބޮޑަށް އަމާޒުވި އެއް ފިލްމަށެވެ. އެގޮތުން އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދިޔަ އާލިއާ ބަޓް، ސަންޖޭ ދަތު އަދި އަދިތުޔާ ރޯއީ ކަޕޫރް އަށް ވެސް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ދާދިފަހުން ހިންދުސްތާން ޓައިމް އަށް ދިން އިންޓަވިއުއެއްގައި އަދިތުޔާ ވަނީ ސަޅަކް 2 ގެ ސަބަބުން އާއްމުންގެ ފަރާތުން ލިބުނު ފަޑުކިޔުންތަކާއި ބެހޭ ގޮތުން ވާހަކަދައްކާފައެވެ. އެގޮތުން އަދިތުޔާ ބުނީ އޭނާ އެއްވެސް އިރަކު މީހުން ފާޑުކިޔާފައި ސޯޝަލް މީޑިއާގައި ދައްކައި ވާހަކަތަކަށް ސަމާލުކަން ނުދޭ ކަމަށެވެ. އޭނާ ބުނީ އެގޮތަށް ފާޑުކިޔައި، އެއްޗެހި ކިޔާފައި ކުރާ މެސެޖްތައް ނުވެސް ކިޔާ ކަމަށެވެ

އަދިތުޔާ ބުނީ ސަޅަކް 2 އާއި ގުޅިގެން މީހުން އެހާ ބޮޑަށް ފާޑު ކިޔާފައި ވާކަން އޭނާއަށް ނުވެސް އެނގޭ ކަމަށެވެ. ތުންތުންމަތިން ފިލްމަށް އާއްމުންގެ ފަރާތުން ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވި ވާހަކަ އަޑުއިވުނު ކަން ފާހަގަކުރަމުން އަދިތުޔާ ބުނީ އެކަމުގައި އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އަދިތުޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިމަހު ރިލީޒް ކުރި ފިލްމު "ލޫޑޯ" އިންނެވެ. އެ ފިލްމުގައި އޭނާ ދެއްކި އެކްޓިންގް އަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ