ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު، ބޮޑެތި ތުހުމަތުތަކެއް ރައީސް މައުމޫނަށް ކުރައްވައިފި އެވެ.
ދިޔާނާ ވަނީ ރައީސް މައުމޫން ޖާބިރު އަތުން ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރައްވާފައެވެ. މީގެ ކުރިން އެތައް ފަހަރަކު ރައްޔިތުންގެ މަޖިލީހުގައި ޖާބިރުވެސް ވަނީ ރައީސް މައުމޫން ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރައްވާފައެވެ.
ރައީސް މައުމޫނަށް ތައުރީފު ކުރައްވައި ޑރ. ޝަހީމް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ ރައީސް މައުމޫން ކިތަންމެ މަތީ ފާހެއް ނަންގަވައިގެން ހުންނެވިޔަސް އެއީ ޝަރީއަތުގެ ކުރިމަތީގައި ފާޅުކަން ބޮޑު ގޮތެއްގައި އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށެވެ.
"ދިރިތިިބި ބައިވަރު ހެކިން ތިއްބާ މައުމޫން އިތުރުފުޅު ހައްދަވަނީ ހާދަ ދެރަވަރުވީމައޭ އަޅުގަނޑު ހިތަށް އަރާ" ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވިއެވެ.
Raees Maumoon kithanme mathee faaheh nangavaigen hunneviyas eyee shareeathuge kurimatheega faalhukan bodugothegga ithurufulhu hadhhavaa beyfulheh.
Dhirithibi baivaru hekin thibbaa Maumoon ithurufulhu haddhavanee haadhahaa dheravaruveemaey alhugandu hithah araa. https://t.co/74ine9BqfK
— Dhiyana ????????? (@dhiyanasaid) November 30, 2020
ދިޔާނާ ވިދާޅުވީ 2017 ވަނަ އަހަރުގެ ކުރީކޮޅު މެލޭޝިއާގެ ކުއާލަންޕޫރުގެ އިންޓަރމާކް ބިލްޑިންގގައި ރައީސް މައުމޫން އާއި ޖާބިރު ބައްދަލުކުރައްވާ ދެ ބޭފުޅުން އެއްބަސްވެ ވަޑައިގަތް ގޮތުގެ މަތީން، ޖާބިރުގެ ފަރާތުން ކަންކަންކުރުމަށް އެކަމަނާ އައްޔަންކުރުމުން އަމާނާތްތެރިކަމާއިއެކު އެ ފައިސާ ފާރިސް މެދުވެރިކޮށް ރައީސް މައުމޫން އާއި އެކިފަހަރު މަތިން ހަވާލުކުރެއްވި ކަމަށެވެ.
އަމާނާތްތެރިކަމުގެ އަގަކީ ރައީސް މައުމޫންގެ ސިޔާސީ މެޝަނަރީ ބޭނުން ކުރައްވައިގެން ހަގީގަތް އެއްފުށުން އަނެއް ފުށަށް ޖައްސަވާ ތެދު ބުނާ މީހާއަކީ ދޮގުބުނާ މީހާގެ ގޮތުގައި ތަމްސީލްކޮށް އެމީހާޔަށް ފުރައްސާރަ ކުރިމަތިކުރުންތޯ ދިޔާނާ ވަނީ ސުވާލު ކުރައްވާފައެވެ.
Ehenveemaa amaanaaiytherikamuge agakee manikufaanuge siyaasee machinery beynunkuravvaigen hageegaiy ehfushun aneh fushah jassavaa thedhu bunaa meehaa akee dhogu bunaa meehaage gothuga thamseelkoh e meehaayah furassaara kurimathi kuruntho alhugandu suvaalukohlan beynun.
— Dhiyana ????????? (@dhiyanasaid) November 30, 2020
ޖާބިރު ދަނީ ތަކުރާރުކޮށް ރައީސް މައުމޫން އެމަނިކުފާނުގެ އަތުން ފައިސާ ނެންގެވިކަމަށް ތުހުމަތު ކުރައްވާފައެވެ.




ހިޔާލު
dhiyaaloly ah kaaku dhin faisaaeh faaris medhuverikoh maumoonah havaalu kuree? vagakaa vagegge anbi vagaa dheythi moya govanvee.