2017 ވަނައަހަރުގެ މިސްޓަރ މޯލްޑިވްސް - ފޮޓޯ: ރާއްޖެ އެމްވީ

މިސްޓަރ މޯލްޑިވްސް 2021 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިސްޓަރ މޯލްޑިވްސް 2021 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، އެއެސޯސިއޭޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2021 " ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ މާރޗް މަހުގައިކަމަށެވެ. ހަމައެކަނި ދިވެހި ފަރުދުންނަށް ބައިވެރިވޭގޮތަށް ފުރުޞަތު ހުޅުވާލާފައިވާ މިމުބަރާތް މުބާރާތްވަނީ މުޅި ރާއްޖެއަށް ހުޅުވާލާފައެވެ.

ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2021" ގެ ނަމުގައި ބޭއްވޭ މިމުބާރާތުގައި ބައިވެރިވެވިދާނެ ގޮތްތަކަކީ އަމިއްލަ ފަރުދުން، ޖިމް އަދި ޖަމިއްޔާގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކެވެ.

މީގެއިތުރުން އެއެސޯސިއޭޝަނުން ބުނީ، މުބާރާތުގެ ރަޖިސްޓްރޭޝަން 30 ޑިސެމްބަރ 2020 (ހޯމަ) ދުވަހުންފެށިގެން އާންމުކޮށް ހުޅުވާލާކަމަށާއި، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިހަމަވާނީ 20 މާރޗް 2021 ވާ (ހޮނިހިރު) ދުވަހުގެ 14:00 އަށްކަމަށެވެ. އަދި އެދުވަހުގެ ކުރިން އެސޯސިއޭޝަނަށް މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް ހުށަހަޅަން ޖެހޭއިރު، ހުށަހަޅަ ފޯމް ގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުވާ ފޯމްތަށް ބަލައިނުގަނެވޭކަމަށްވެސް އެއެސޯސިއޭޝަނުން ބުންޏެވެ.

އިތުރު މަޢުލޫމާތު 7812226 / 7994542 ނަންބަރު މޯބައިލް އާއި ގުޅުމަށްވެސް ބޮޑީބިލްޑިންގ އެސޯސިއޭޝަނުން އެދިފައިވެއެވެ.

މިސްޓަރ މޯލްޑިވްސް 2021

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ