މިދިޔަ ފިތުރު ޢީދު ދުވަހުގެ ހަވީރުވަގުތުގައި މާލޭގައި އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާކޮށް، ފައިމަގުގައި އުޅުމަށް ކަނޑައެޅުމުން ތެރޭގައި މާލޭގެ ވައި ނުސާފުވުން މިންވަރު ވަރަށް ބޮޑުތަން ކުޑަކުރެވިފައިވާކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން ވިދާޅުވެއްޖެއެވެ.
އީ.ޕީ.އޭ އިން މި މަހުގެ 3 އަދި 4 ވަނަ ދުވަހު ދަރުބާރުގެކައިރީގައިވަނީ، މަގުމަތީގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ސަބަބުން ވައި ނުސާފުވުން މޮނީޓަރކޮށް ބެލެހެއްޓުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގަރާމްގެ ދަށުން މި ދެދުވަހު ވައިގެ ތެރޭގައި ކާބަން މޮނޮކްސައިޑް، ނައިޓްރޯޖެން ޑައިއޮކްސައިޑް، ސަލްފަރ ޑައިއޮކްސައިޑް އަދި އޯޒޯން ހުރި މިންވަރު ވަނީ ބަލާފައެވެ.
EPA conducted air quality monitoring near Dharubaaruge on 3rd and 4th June 2019 to explore the effects of road traffic on air quality. The results show significant reduction in the pollution levels on 4th June, when vehicles were banned. #WorldEnvironmentDay #BeatAirPollution pic.twitter.com/qUSWsNKuY4
— EPA Maldives (@EPAMaldives) June 5, 2019
މި މަސައްކަތުގެ ނަތީޖާ ދެއްކިގޮތުގައި، ޢީދު ދުވަހުގެ ހަވީރު އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާކޮށްފައިވާ ވަގުތުގައި، ވައިގެ ތެރޭގައި ހިމެނޭ ކާބަން މޮނޮކްސައިޑް، ސަލްފަރ ޑައިއޮކްސައިޑް އަދި އޯޒޯން ހުރި މިންވަރު ވަނީ އެއްކޮށް ދައްވެފައެވެ.
ވައި ނުސާފުވުމަކީ، މާލޭގެ ތޮއްޖެހިފައިވާ ބޮޑު ސަރަހައްދުގައި ބޮޑުވަމުން އަންނަ ވަރަށް ބޮޑު މައްސަލައެކެވެ. އަދި ވައި ނުސާފުވުމަށް ދިމާވާ އެންމެ ބޮޑު އެއްސަބަބަކީ ދަތުރުފަތުރުކުރުން ގިނަވުމުގެ ސަބަބުން ޖައްވުގެ ތެރެއަށް ދޫވާ ވިހަ މާއްދާތަކެވެ.




