ބުދަ ދުވަހު ރިލީޒްކުރި، ސަލްމާން ޙާން އަދި ކަޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ ފިލްމް "ބާރަތް"އަށް ފުރަތަމަ ދުވަހުވެސް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ،
ފިލްމް އެޅުވި ފުރަތަމަ ދުވަހު ފިލްމަށް ޖުމްލަ 41.50 ކޮރޯޑް ރުޕީޒް ލިބިފައިވާއިރު، މި ފިލްމް ވެގެން ގޮސްފައިމިވަނީ ސަލްމާން ޙާންގެ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ.
"ބާރަތް"އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއްވެސް ލިބެމުންއަންއިރު، ކްރިޓިކްސް އިންވެސް ވަނީ ފިލްމް ކަމުގޮސް ސަލްމާން ޙާންގެ އެކްޓިންއަށް ތަޢުރީފުކޮށްފައެވެ. އަދި ބޮލީވުޑުގެ ބޮކްސް އޮފީހުގެ ޙަބަރުތައް ބުނާގޮތުން ކުރިއަށް ހަފްތާތަކުގައި ފިލްމް އިން 100 ކޮރޯޑް ރުޕީސް އަށްވުރެ އިތުރު އާމްދަނީއަށް ހޯދާނެއެވެ.
އަލީ އައްބާސް ޒަފަރް ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގައި ސަލްމާންގެ އުމުރުގެ އެކި ދުވަސްރު ދައްކުވައިދޭއިރު، ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، ގައުމު ދެކެ ލޯބިވާ މީހަކު ގައުމަށްޓަކައި ކުރާ މަސައްކަތުގެ މައްޗަށެވެ.
ފިލްމްގައި ހިމެނޭ އިތުރު ކާސްޓުންގެ ތެރޭގައި، ސުނިލް ގްރޯވަރު، ނޯރާ ފަތޭހީ، ދިޝާ ޕަޓާނީ، ޖެކީ ޝްރޯފް، ސޮނާލީ ކުލްކަރްނީ، ޝަޝަންތް އަރޯރާ އަދި ތަބޫ ހިމެނެއެވެ.