އަކްޝޭ ޖަގަން ޝަކްތީގެ އިތުރު ފިލްމަކަށް

އަކްޝޭ އޭނާގެ"މިޝަން މަންގަލް" ޑައިރެކްޓްކުރި ޖަގަން ޝަކްތީގެ އިތުރު ފިލްމެއް ކުޅެން ނިންމައިފިއެވެ.

އެގޮތުން އަކްޝޭ ކުމާރު އަކީ އަހަރެއް ތެރޭގައި މަދުވެގެން 3 ފިލްމަށްވުރެ ގިނައިން ފިލްމު ކުޅޭ ފަންނާނެކެވެ. ނުރައްކާތެރި ކޮވިޑް 19 ވައިރަހުގެ ސަބަބުން ލޮކްޑައުން ކުރުމުގެ ސަބަބުން އަކްޝޭ މިއަހަރު އަދި މިހާތަނަށް ފެނިގެން ގޮސްފައިވަނީ އެންމެ ފިލްމަކުންނެވެ.

އަކްޝޭ ވަނީ ޖަގަން ގެ ކުރިއަށް އޮތް ފިލްމު ކުޅުމަށް މިހާރު ސޮއިކޮށްފައެވެ. ޕިންކް ވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމުގެ މަސައްކަތްތައް މިއަންނަ 2021 ވަނަ އަހަރުގެ މެދުތެރޭގައި ފެށޭނެއެވެ. އަދި 2022 ވަނަ އަހަރު އެ ފިލްމު ރިލީޒް ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެގޮތުން ދިވާލީގައި އަކްޝޭ ވަނީ ޑައިރެކްޓަރ އަބީޝެކް ޝަރްމާގެ "ރާމް ސެޓޫ" ކުޅެން ސޮއިކޮށްފައިވާ ކަމަށް ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ