ބޮލީވުޑްގެ މަޝްހޫރު ބަތަލް އަދި ޕޮލީޓިޝަން ސަނީ ޑިއޯލް ނުރައްކާތެރި ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެގޮތުން ސަނީ އޭނާގެ އޮފިޝަލް ޓްވިޓާ އެކައުންޓްގައި ކުރި ޓްވީޓެއްގައި ބުނީ، އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭނާ މިވަގުތު ހުރީ ގޭގައި އަމިއްލައަށް ސެލްފް އައިސޮލޭޓް ވެގެން ކަމަށެވެ.
ސަނީ ވަނީ ފާއިތުވި ދުވަސްތަކުގައި އޭނާއާއި ޑައިރެކްޓް ކޮންޓެކްޓް ވި މީހުން ވީހާވެސް އަވަހަކަށް ކޮވިޑް ޓެސްޓް ކުރުމަށް އެދިފައެވެ. އުމުރުން 64 އަހަރުގެ ސަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެނގުނީ، އޭނާ ރައްޓެހިންނާއިއެކު ޗުއްޓީއަށް ދާން އުޅެނިކޮށެވެ.
ނުރައްކާތެރި ކޮވިޑް 19 ވައިރަހަށް ބޮލީވުޑްގެ މަޝްހޫރު ބައެއް ފަންނާނުން ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން އަމީތާބްގެ އާއިލާވެސް ވަނީ ޕޮޒިޓިވްވެފައެވެ.




