ރެބެލް ވިލްސަން ހިކުމުގެ އަމާޒާއި ހަމައަށް ވާސިލުވެއްޖެ!

"ޕިޗް ޕަރފެކްޓް"ގެ އެކްޓްރެސް ރެބެލް ވިލްސަން ވަރަށް ބޮޑަށް ބަރުދަން ލުއިކުރުމަށްފަހު، ހިކުމަށް ކަނޑައަޅާފައިވާ އަމާޒު ހާސިލުކޮށްފިއެވެ.

ހިކުމަށް ރެބެލް ކަނޑައެޅި އަމާޒަކީ 75 ކިލޯއަށް ބަރުދަން ލުއިކޮށްލުންކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި އެއްމަސް ދުވަސްތެރޭގައި އެކަން ހާސިލުކުރެއްވިޖެކަމަށް ބުނެ، އެ އުފާވެރި ޙަބަރު ރެބެލް ވަނީ އޭނަގެ އިންސްޓަގްރަމް ސްޓޯރީގައި ހިއްސާކޮށްފައެވެ.

ރެބެލް ބުނެފައިވަނީ، އޭނަގެ ގޯލަކީ ހަމައެކަނި ބަރުދަނުގެ އަދަދު ލުއިކުރުން ނޫންކަމަށާއި، ރަނގަޅު ސިއްހަތެއްގައި ހުރުންކަމަށެވެ.

ރެބެލް ވިލްސަން އަކީ، ހޮލީވުޑްގެ އަންހެން ބަތަލާއިންގެ ތެރެއިން ހަށިގަނޑު ފަލަ ވުމުން އަކަމާއި ލަދުނުގަނެ، ފަސްޖެހުމެއްނެތި ، ހިތްވަރާއެކު މަސައްކަތްކޮށް ކުރިއަރާއި ދިއުމުގެ ސަބަބުން ފޭނުންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވި ފަންނާނެކެވެ.

ނަމަވެސް، އެކްޓަރަކަށްވެ މަޝްހޫރު ވުމުގެ ސަބަބުން ދިމާވާ ކަންކަމުގައި މާ ބޮޑަށް ވިސްނާ، ސްޓްރެސް ވުމުގެ ސަބަބުން ވަރަށް ގިނައިން ފޮނި އެއްޗެހި ކެވޭކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން ދުޅަހެޔޮކޮށް ހުރުމަށް ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގެ މަސައްކަތް ރެބްލަ ވަނީ މީގެ އެއް މަސްކުރިން ފަށައިފައެވެ.

"ޕިޗް ޕަރފެކްޓް" ގެ ތިން ފިލްމުންވެސް ރެބެލް ފެނިގެންދިޔައިރު، އޭނާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ، މިއުޒިކަލް ޑްރާމާ ފިލްމް "ކެޓްސް"އިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ