ފްރާންސްގެ ކުރީގެ ރައީސް ކޮވިޑް ޖެހިގެން ނިޔާވެއްޖެ

ފަރަންސޭސިވިލާތުގެ ކުރީގެ ރައީސެއްކަމަށްވާ ވެލަރީ ޖިސްކާޑެސްޓާން ކޮވިޑް-19ގެ ޖެހިގެން ފަރުވާ ދެމުންދަނިކޮށް އަވަހާރަވެއްޖެއެވެ.

އެގޮތުން ޖިސްކާޑެސްޓާން ނިޔާވީ ކޮވިޑް ޖެހި ހުންގަދަވުމާ އެކު ނޭވާލުމަށް ދަތިވުމާއި އަދި ކޮވިޑްގެ ސަބަބުން އެހެން ވޭންތައް ތަހައްމަލު ކުރުމަށް ދަނިކޮށެވެ.

ޖިސްކާޑެސްޓާން ފަރަންސޭސި ރައީސްކަމުގައި ހުންނެވީ 1974 އިން 1981 އަށެވެ. އެދުވަސްވަރު ފަރަންސޭސި މުޖަތަމައު ޒަމާނީކޮށް ޔޫރަޕިޔަން ޖަމާއަތާއި ފަރަންސޭސިވިލާތް ގުޅުވައިދިނުމުގައި ޖިސްކާޑެސްޓާން މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ފައިސާ އެއްފައިސާއަކަށް (ޔޫރޯ) ހެދުމުގެ ދެ މޭސްތިރިންގެ ތެރެއިން އެއްމޭސްތިރިއަކީ ވެސް ޖިސްކާޑެސްޓާންއެވެ. ފަރަންސޭސިވިލާތުގައި ބޯދާގޮތަށް ހުރި ގިނަ ގާނޫނުތައް ޕާލަމެންޓަށް ހުށަހަޅައިގެން އެ ގާނޫނުތައް އިސްލާހުކޮށް ޒަމާނީ ކުރީވެސް ޖިސްކާޑެސްޓާންގެ ވެރިކަމުގައެވެ.

ފަރަންސޭސި ރިޔާސީ ގަނޑުވަރު އެލިޒޭ އިން ވަނީ ވެލަރީ ޖިސްކާޑެސްޓާން އަވަހާރަވިކަން ކަށަވަރުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ