މޯދީގެ ދަތުރުފުޅާ ގުޅިގެން ހުޅުމާލޭގެ ބައެއް މަގުތައްވެސް ބަނދުކުރަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާތީވެ ހުޅުމާލޭގެ ބައެއް މަގުތައްވެސް ބަންދުކުރާ ގޮތައް ހަމަޖެހިއްޖެއެވެ.

މިގޮތުން ހުޅުމާލޭން ބަންދުކުރާ ގޮތައް ހަމަޖެހިފައިވަނީ، ބްރިޖުން ފައިބައިގެން ހުޅުމާލެ ތެރެއަށް އަރައިގެން ދާން އޮންނަ މަގާއި ސެންޓްރަލް ޕާކު ސަރަހައްދުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދާން އޮންނަ ސަރަހައްދެވެ. މީގެ އިތުރުން ދެވަނަ ފިޔަވައްސަށް ދެވޭން އޮންނަ ގިނަ މަގުތަކެއް ބަނދުކުރުމަށް ހަމަޖެހިފައި ވެއެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގަންނަވާއިރު މާލޭގެ ބައެއް މަގުތައް ވެސް ބަންދުކުރަން ވަނީ ނިންމާފައެވެ. 

މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، ދެވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށްފަހު މޯދީ ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ