ހުޅުމާލޭގައި ތަރައްޤީކުރާ އާ ތެލެސީމިއާ ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ހުޅުމާލެ އަށް ވަޑައިގެން އާ ތެލެސީމިއާ ސެންޓަރު ބިނާކުރަން ހަމަޖެހިފައިވާ ސަރަހައްދު ބައްލަވާލައްވާފައެވެ.
މި ޒިޔާރަތުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމަށް މާލޭގައި މިހާރު ބޭނުން ކުރަމުންދަނީ 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ސެންޓަރެކެވެ.




