ފިރިހެން ކުއްޖަކަށް ހުޅުމާލޭގައި ޖިންސީ ގޯނާކުރި ހަސަން ޢަލީ

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް އެއްބަސްވި މީހާގެ މައްޗަށް ޖިންސީ ގޯނާ ކުރި ކަމަށް ފުލުހުން ތުހުމަތު ނުކުރޭ

ހުޅުމާލޭގައި ކުޑަ ދެ ފިރެހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް އެއްބަސްވި މީހާއަށް އެކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ފުލުހުން ތުހުމަތު ނުކުރާކަން ހާމަވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަކުދިންނަށް އޮރިޔާން މަންޒަރު ދެއްކި ކަމުގެ ތުހުމަތު ކަމަށާއި އަދި ފުލުހުން އެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު އެފަދަ މަންޒަރެއް އޭނާގެ ފޯނުން ފޮރިންސިކް ތަޙްލީލަށް ފެނިފައި ނުވާ ކަމަށެވެ.

ހަ އަހަރުގެ ފިރެހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކޮށް، 19 އަހަރުގެ އެމީހާ ވަނީ ރައްޔިތުންގެ ބަޔަކު ނިކުމެ ގަންހިންގުވައިފައެވެ. އެމީހާ ވަނީ އެ ރައްޔިތުންގެ ކައިރީ ކުޑަ ދެކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް އެއްބަސް ވެފައެވެ.

ކުޑަކުއްޖަކާއި ބެހުނު މީހާ ގަން ހިންގުވާފައި ގެންދަނީ

މި މީހާ ހުޅުމާލެއިން ފުލުހުން ހައްޔަރުކުރީ މިިދިޔަ މަހު 25 ވަނަ ދުވަހުގެ ރޭ ދަންވަރު 2:48 އެހާކަށްހާއިރުއެވެ. 

ގަންހިންގުވި މަންޒަރު ފެންނަ ވީޑިއޯ މީސްމީޑީއާގައި ދައުރުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް އޭނާ އިއުތިރާފްވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ