އިންޑީއާގެ ބޮޑުވަޒީރު ރާއްޖެއަށް މާދަމާ ކުރައްވާ ދަތުރުފުޅުގައި 5 ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖެއާއި އިންޑިއާއި ދެމެދު އެކުލަވާލެވޭ ކޯސްޓަލް ރާޑަރ ސިސްޓާމް އިފްތިތާހު ކުރުން އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މޯދީގެ ދަތުރުފުޅާއި ބެހޭ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރައްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް ވިދާޅުވީ ނެރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅޫގައި މާލެ ވަޑާއިގަންނަވާނީ މާދަމާގެ މެންދުރު ފަހުގެ ވަގުތެއްގައިކަމަށެވެ. އަދި މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ަވީރު 16:00 ގައި ޖުމްހޫރީ މައިދާނުގައިކަމަށެވެ.
ރާއްޖެއާއި އިންޑީއާ ސަރުކާރާއި ދެމެދު ފަސް ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ސިވިލް ސާރަވިސް މުވައްޒަފުން ތަމްރީނު ކުރުމާއި ބެހޭ އެއްބަސްވުމަކާއި ކަސްޓަމްސް ދާއިރާ އިން އެކުލަވާލެވޭ އެއްބަސްވުމަކާއި ދިވެހި ޒުވާނުން ހުނަރުވެރިކަން ިއތުރުކުރުމަށް ވެވޭ އެއްބަސްވުމެއް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މީގެއިތުރުން ރާއްޖެއިން ކޮޗިންނަށް ފެރީގައި ދަތުރުކުރަން ފެށުމުގެ ގޮތުން އެކުލަލާވާ އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ފޮރިންގ މިނިސްޓްރީން އިތުރަށް ވިދާޅުވީ، މޯދީގެ މި ދަތުރުފުޅުގައި އިތުރު ލޯން އެއްބަސްވުމެއްގައި ސޮއި ކުރައްވަން ހަމަޖެހިފައި ނެތް ކަމަށާއި، ނަމަވެސް މުހިންމު އެނައުންސްމަންޓްތަކެއް ކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި އިންޑިއާގެ އެމްބަސީއެއް ހުޅުމާލޭގައި އެޅުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮންނާނެކަމަށް ދެކެވޭ ވާހަކަތައްވެސް ފޮރިންގ މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.



