އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި މައްކާގައި ނިޔާވެފައިވަނީ ސ. ހުޅުދޫ، ކީރަށްވަލިގެ ޙަސަން އަޒީޒްއެވެ. އޭނާ ނިޔާވީ ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އުމްރާއަށް ގޮސް ހުއްޓާ ރޭ މީހަކު ނިޔާވިއިރު، މިކަން އިސްލާމިކް މިނިސްޓްރީން އަދި ކަށަވަރުކޮށް ނުދެެއްވައެވެ. އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޝާފިއު އަލީ ވިދާޅުވީ، އުމްރާއަށް ގޮސް ހުއްޓާ މީހަކު ނިޔާވިކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.

މަޢުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމީހާ ނިޔާވީ ރާއްޖެ ގަޑިން މިއަދު ހެނދުނު 8:30 އާއި 9:00 އާ ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މީހާގެ ކަށު ނަމާދު މިއަދު އަސްރު ނަމާދަށްފަހު ހަރަމްފުޅުގައި އޮންނާނެ ކަމަށްވެސް އެމީހާއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނިޔާވީ ކަމަނަ ހޯލްޑިންގ ޕްރައިވެޓް ލިމިޓްގެ ހަވާލުގައި އުމްރާއަށް ވަޑައިގެންނެވި މީހެކެވެ. އެ ގުރޫޕުން ބުނީ، އެ މީހާ ނިޔާވީ މައްކާގައި ހުންނަވަނިކޮށް މިއަދު ފަތިިހު މައްކާ ގަޑިން 5:45 ގައި މަލިކު ހޮސްޕިޓަލްގައި ކަމަށެވެ.

އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވިއިރު، އުމްރާއަށް ގޮސް ހުރި ދިވެއްސަކު ގެއްލިގެންވެސް މީގެ ދެ ހަފްތާކުރިން ރިޕޯޓް ކުރިއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ