ހުކުރު ނަމާދަށް ގޮސް ހުއްޓައި ވެއްޓުނު މީހާ ނިޔާވެއްޖެ

ޒިޔާރަތް މިސްކިތަށް މިއަދު ހުކުރު ނަމާދަށް ގޮސް ހުއްޓައި ވެއްޓުނު މީހާ ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗާއި ހަވާލާދީ މީޑިއާ ތަކުގައި ވާގޮތުން އޭނާ މަރުވެފައި ވަނީ ޓެސްޓްތަކެއް ހެދުމަށް ފަހު އިތުރު ފަރުވާދެމުން ދަނިކޮށެވެ. އޭނާ މަރުވާން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފު ނުވާ ކަމަށް ވެސް އައިޖީއެމްއެޗް އިން މައުލީމާތު ދެއެވެ.

މިއަދު ހުކުރު ނަމާދަށް ގޮސް ހުއްޓައި ވެއްޓުނު މިމީހާއަށް އެހީތެރިވެފައިވަނީ ނައިބު ރައީސް ފައިސަލް އާއި އޭނާގެ ބޮޑީ ގާޑުންނެވެ. އަދި މިމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހިލާލީގޭގައި އޮތް ނައިބު ރައީސްގެ ރަސްމީ ކާރުކޮޅުގައި އެމަނިކުފާނުގެ ބޮޑީގާޑުންނާ ވެސް އެކު އެވެ.

މަންޒަރުދުށް ބައެއް ފަރާތްތަކާއި ހަވާލާދީ "ސަން" ގައި ބުނެފައިވާ ގޮތުގައި އޭނާ ވެއްޓުނީ ސްޓްރޯކެއް ޖެހިގެން ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް