ސިރަޕް ޗެލެންޖް ކަޕް - ފޯރިގަދަ ފައިނަލްމެޗް މިރޭ

ސިރަޕް ޗެލެންޖް ކަޕް 2019 ގެ ފޯރިގަދަ ފައިނަލްމެޗް މިރޭ އޮންނާނެއެވެ.

ސިރަޕް ޗެލެންޖް ކަޕްގައި ރޭވަނީ ގުރޫޕްސްޓޭޖްގެ މެޗުތަށް ނިންމާ ސެމީފައިނަލްގެ ޖާގަތަށް ކަށަވަރުކޮށްފިއެވެ. ސެމީފައިނަލްގެ މެޗުތަކާއި ފަނިނަލްމެޗް ކުޅެން ހަމަޖެހިފައިވަނީ މިރެއެވެ.

އިއްޔެ ގްރޫޕްސްޓޭޖްގެ ފަހުމެޗުތަކަށްފަހު ޓީމުތަކުން ވަނީ ސެމީފައިނަލްގެ ޖާގަތަށް ކަށަވަރުކޮށްފައެވެ. އެގޮތުން އިއްޔެ ހަވީރުވަނީ މުބާރާތުގެ ތިންމެޗު ކުޅެފައެވެ. އަދި ރޭގަނޑު ހަތަރުމެޗު ކުޅެފައިވެއެވެ.

ހަވީރުގެ ފުރުތަމަމެޗުގައި ބައްދަލުކުރީ އެލައިވް އާއި މަނަދޫ ޕޮލިސް އެވެ. މިމެޗުނިމުނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ފިއުރިއަސް އާއި ޖޭޓީ ގޯޅި އެވެ. މިމެޗުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއްޖެހިފައެށް ނުވެއެވެ، ތިންވަނަމެޗުގައި ކަންމަތި ޕްރައިޑްސް އާއި ޗެސްޓަރ ޔުނައިޓެޑް ބައަދަލުކުރިއިރު، އެމެޗުއެއްވަރުވީ 1 – 1 އިންނެވެ. ކަންމަތި ޕްރައިޑްސްގެ ލަނޑު ޖަހައިދިނީ މުޙައްމަދު މާނިއު އެވެ. ޗެސްޓަރ ޔުނައިޓެޑްގެ ލަނޑުޖަހައިދިނީ އިބްރާހިމް ނައުފަލް އެވެ.

ރޭގަނޑުގެ މެޗުތަކަށް ބަލާލާއިރު ފުރުތަމަ މެޗުގައި ޖޭޓީ ގޯޅިއައި ފްލައިން ލިޒަޑް ވަނީ ލަނޑެއްނުޖެހި އެއްވަރުވެފައެވެ. ދެވަނަމެޗުގައި 1 – 0 ލަނޑުން އެލައިވް ވަނީ ޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފައެވެ. އެލައިވްއަށް ލަނޑުޖަހައިދިނީ އަހުމަދު ސާނިހް އެވެ. ތިންވަނަ މެޗުގައި ޓީމް ވައިޑް އާއި ޖޭޓީ ގޯޅިގަނޑު ބައްދަލުކުރި އިރު ޖޭޓީ ގޯޅިގަނޑު ވަނީ 2 – 0 އިން ޓީމްވައިޑްގެ މައްޗަށް ކުރިހޯދާފައެވެ. ޖޭޓީ ގޯޅިގަނޑުޑުގެ ދެލަނޑުވެސް ޖެހީ ހަސަން ޒައީމް އެވެ. ހަތަރުވަމަ މެޗުގައި މަނަދޫ ޕޮލިސް އާއި އޭ.ޑަބްލިއު.އެމް ބައްދަލުކުރި އިރު މިމެޗުގައިވެސް ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ.

ގުރޫޕް ސްޓޭޖްގެ މެޗުތަށް ނިމުނުއިނު ގުރޫޕް އޭގެ އެއްވަނައިގައި 6 ޕޮއިންޓާއެކުއޮތީ ޖޭޓީ ގޯޅިގަނޑެވެ. ދެވަނައިގައި އޮތް ފްލައިންލިޒަޑް އަށްވެސް ލިބެނީ 6 ޕޮއިންޓެވެ. ނަމަވެސް ޖޭޓީ ގޯޅިގަނޑަށް އެއްވަނަ ލިބެނީ ގޯލްޑިފަރެންސްއިންނެވެ. ގުރޫޕް ބީގެ ގައިވެސް ދެޓީމަށް ވަނީ 6 ޕޮއިންޓް ލިބި، ހުރިހާގޮތަކުންވެސް އެއްވަރުވެފައެވެ. އެހެންކަމުން ފެއާޕްލޭއަށް ބަލައި އޭ.ޑަބްލިއު.އެމް އަށް ވަނީ ގުރޫޕްގެ އެއްވަނަ ލިބިފައެވެ. ދެވަނަ ލިބެނީ އެލައިވް އަށެވެ.

މުބާރާތުގެ ސެމީފައިނަލްގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. ސެމީފައިނަލްގެ މެޗުތަށް ނިމުމުން ފައިނަލްމެޗުވެސް މިރޭ ކުޅެވޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ