'ސައިލަންސް' އަށް ޓީވީ ބަތަލާ ޕްރާޗީ

ޓީވީ ސިލްސިލާތައް ކުޅުމަށް ފަހު ފަހުން ބޮލީވުޑަށް ނުކުތް ނަމަވެސް މިހާތަނަށް މާ ގިނަ ފިލްމުތަކެއް ކުޅެފައި ނުވާ ބަތަލާ ޕްރާޗީ ދެސާއީ ޒީ5 ގެ ފިލްމަކަށް ސޮއިކޮށްފިއެވެ.

ވެބް ފިލްމެއްގެ ގޮތުގައި ހަދާ "ސައިލަންސް" ގެ ކާސްޓްގައި މަނޯޖް ބަޖްޕާއީ އާއި އަރުޖުން މާތޫރު ވެސް ހިމެނެ އެވެ.

އަބާން ބަރޫޗާ ޑިއޯހަންސް ޑައިރެޓްކުރާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސާހިލް ވައިދު އާއި ވަގޫރް ޝެއިޚާއި ޝިޝިރު ޝަރުމާ ވެސް ހިމެނެ އެވެ. "ސައިލަންސް" ގެ ޝޫޓިން މި މަހުގެ 12 ގައި ފަށާނެ އެވެ. އަދި ފިލްމު ގެނެސްދޭނީ އަންނަ އަހަރުއެވެ.

ޕްރާޗީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބޯލް ބައްޗަން" އާއި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" ގެ އިތުރުން "އަޒުހަރް" ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ